ބޮލީވުޑް އެކްޓަރުންނަށް ސަޕޯޓްކުރާ ގިނަ ބަޔަކު އެ މީހުންގެ ފިލްމުތަކުގައި އަދާކުރާ ރޯލް ކަމުދާ މިންވަރު ބޮޑުކަމުން އެ މީހުން އުޅޭ ގޮތާއި އާދަކާދަތައް ނަކަލުކުރެ އެވެ.

ހަގީގީ ދިރިއުޅުމުގައި ސިނަމާތަކުން ފެންނަ ފެނުމާ ވަރަށް ވެސް ތަފާތެވެ. އަސްލު ދިރިއުޅުމުގައި ތަރިންގެ ރުޅި ކޮންޓްރޯލުން ނައްޓައިގެން ގޯސްތައް ވެސް ހެދިފައި އެބަހުއްޓެވެ. ބައެއް ތަރިންވަނީ ގާނޫނާ ހިލާފުވެ، ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

ސަލްމާން ޚާން. އޭނާ ޖަލަށްލީ ޕޭމަންޓް މަތީ ނިދާފަ ތިބި ބައެއްގައިގާ ކާރުން ޖެއްސި މައްސަލަ އާއި 1999 ވަނަ އަހރު ނުކުތް ފިލްމު

ސަލްމާން ޚާން ޖަލަށް ދިޔަކަން އެއީ އެއްމެންނަށް ވެސް އެނގޭ ވާހަކައެކެވެ.

ގިނަބަޔަކު އޭނާ ދޫކޮށްލުމަށް ވެސް ބުނެފައިވެ އެވެ. ސަލްމާންއަކީ އިންޑިއަން ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑެތި އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކެކެވެ. ޒުވާން ދުވަސްވަރު އޭނާގެ އުޅުން އެހާ ރަގަޅު ނޫން ނަމަވެސް ގިނަ ބަޔެއްގެ ސަޕޯޓާއި މަގުބޫލްކަން އޭނާ ހޯދާފައި ވަނީ އޭނާގެ އެންޖީއޯ ބީން ހިއުމަން އާ ޗެރިޓިގެ މަސައްކަތުންނެވެ.

ސީރިއަސް ދެ މައްސަލައެއްގައި މިހާތަނަށް ސަލްމާނަށް ވަނީ ޖަލަށްދާން ޖެހިފަ އެވެ. ޕޭމަންޓް މަތީ ނިދާފަ ތިބި ބައެއްގައިގައި ކާރުން ޖެއްސި މައްސަލަ އާއި 1999 ވަނަ އަހުރު ނުކުތް ފިލްމު "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްކޮޅު ބުލެކްބަކްއެއް މަރާލި މައްސަލަ އެވެ.

ޖޯން އަބަހަމް. އޭނާ ޖަލަންލީ ގޭގައި ގަނޫނާ ހިލާފަށް ހަތިޔާރު ގެންގުޅު ކަމުގެ ތުހުމަތުގައި

ޖޯން އަބަހަމްއަކީ އަގު ބޮޑެތި މޮޅު ބައިކްތަކެއްގެ ވެރިއެއްކަން އޭނާއަށް ސަޕޯޓުކުރާ އެންމެންނަށް އެނގޭނެ އެވެ. 2016 ވަނަ އަހަރު ޖޯން ދުއްވަން އިން ބައިކް ކޮންޓުރޯލުން ނައްޓައިގެންގޮސް ސައިކަލުގައި ތިބި ބައެއްގައި ޖެހި އެ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. ފަރުވާ ކުޑަކޮށް ބާރު ސްޕީޑެއްގައި ދުއްވި މައްސަލައިގައި ޖޯން ޖޫރިމަނާ ކުރިއިރު 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފަ އެވެ.

ފަރުދީން ޚާން. އޭނާ ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލާގައި.

ބޮލީވުޑްގެ ލެޖެންޑަރީ އެކްޓަރު ފިރޯޒް ޚާންގެ ދަރިފުޅު ފަރުދީން ޚާން ބޮލީވުޑަށް 1998 ވަނަ އަހަރު "ޕުރެމްއަގަން" އިން ނުކުތްއިރު، އެ ފިލްމުން އޭނާއަށް ފިލްމުފެއަ ބެސްޓް ޑެބުޓް އެކްޓަރުގެ އެވޯޑް ލިބުނެވެ. ނަމަވެސް ބޮލީވުޑްގައި ނާކާމިޔާބުވެ އަހަރުތަކެއް ފަހުން ފަރުދީން ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.

ސަންޖޭ ދަތު. އޭނާ ޖަލަންލީ ގޭގައި ގަނޫނާ ހިލާފަށް ހަތިޔާރު ގެންގުޅު ކަމުގެ ތުހުމަތުގައި

ބޮލީވުޑްގައި ސަންޖޭ ދަތު މަޝްހޫރުވެގެން ގޮސްފައި ވަނީ ސަންޖޫ ބާބާގެ ނަމުނެވެ. 90 އަހަރުގެ ތެރޭގައި މަގުބޫލުކަން ހޯދައިފައިވާ ތަރި ސަންޖޭ ދަތަށް ވަނީ ގޭގައި ގަނޫނާ ހިލާފަށް ހަތިޔާރު ގެންގުޅުކަމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ފަސް އަހަރުގެ ދިގު މުއްދަތެއް ޖަލުގައި ހޭދަ ކުރުމަށްފަހު ސަންޖޭ ވަނީ ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.