ޑައިރެކްޓަރު ވެޓްރި މާރަންގެ ފިލްމު ވާދި ވާސަލްއަކީ ސައުތުގެ ސުޕަސްޓާ ސޫރިޔާގެ 40 ވަނަ ފިލްމެވެ.
ސޫރިޔާ ވަނީ ވެޓްރި މާރަން މިހާރު މަސައްކަތް ކުރަމުންދާ ފިލްމު ވިޑުތަލައިގެ މަސައްކަތް އަވަހަށް ނިންމާލުމަށްފަހު ވާދި ވާސަލްގެ މަސައްކަތް ފެށުމަށް އެދިފަ އެވެ.
ވާދި ވާސަލްއަކީ ޓަމިލް ނާޑޫގެ ސަގާފީ ކުރިވަރެއް ކަމަށްވާ ޖައްލި ކަޓޫގެ މައްޗަށް ބިނާ ކޮށްހަދާ ފިލްމަކަށްވާއިރު، ގެރި ކޮންޓުރޯލްކުރުމުގެ ތަމްރީންތަކެއް މި ފިލްމަށް ސޫރިޔާ ވާންޖެހެ އެވެ.
މި ފިލްމަކީ މަގުބޫލް ޓަމިލް ނޮވެލްއެއް ކަމަށްވާ "ވާދި ވާސަލް" ވާހަކައިގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
ސޫރިޔާ މިހާރު ހުރީ މި ފިލްމަށްވާން ޖެހޭ ތަމްރީންތައް ހަދާ ނިންމައި، ޑައިރެކްޓަރުގެ ކުރިއަށްއޮތް ފިލްމު ނިމެންދެނެވެ.
ސޫރިޔާގެ މިހާރު އަންނަނީ އޭނާގެ ފުރަތަމަ އޯޓީޓީ ރިލީސް ކަމަށްވާ ނެޓްފްލިކްސްގެ ފިލްމު "ނަވަރަސާ" ރިލީޒްކުރުމަށް ތައްޔާރު ވަމުންނެވެ.
"ދަ ސިމްޕްސަންސް"އިން ފައިނަލްގެ ދެ ޓީމު ދިމާ ކުރީތަ؟
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި