މި ޖީލު ދުށް އެންމެ ކާމިޔާބު އެއް ތަރިއަކީ ޕްރިޔަންކާ ޗޮޕްރާއޭ ބުނުމަކީ ގޯހަކަށް ނުވާނެވެ. މި މަހު 39 އަހަރު ފުރުނު އެކްޓްރެސް ވަނީ ބޮލީވުޑް އަދި ހޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމުތަކަކުން ވެސް ފެނިފަ އެވެ. 2016 ވަނަ އަހަރު އެމެރިކާގެ ލަވަކިޔުންތެރިޔާއާ ނިކް ޖޯނަސްއާ ޕުރިޔަންކާ ވަނީ ކައިވެނީގެ ގޮތުން ގުޅިފަ އެވެ.
ޕްރިޔަންކާގެ މިލްކިއްޔާތުގައި އަގުނުކުރެވޭ އަގުގުރި މުދާ އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ބައެއް އެއްޗެހީ އަގު އެނގި އާޝޯހުވާނެ އެވެ.
ކެލިފޯނިއާގައި ޕްރިޔަންކާ ޗޮޕްރާ އާއި ފިރިމީހާ ނިކް ޖޯނަސްއެކު މިހާރު އުޅެމުންދާ ބެވަލީ ހިލްސް ގެ އަކީ 5 ކޮޓަރީގެ އަގަކީ 48 ކަރޯޑު (ގާތްގަނޑަކަށް 6.3 މިލިއަން ޑޮލަރު) އެވެ.
ރޯލްސް ރޯއިސް
ޕްރިޔަންކާގެ އަތުގައި ކާރުގެ ބޮޑު ކަލެކްޝަންއެއް އޮއްނައިރު އޭނާގެ 5.25 ކަރޯޑު (ގާތްގަނޑަކަށް 699،000 ޑޮލަރު) ގެ ރޯލްސް ރޯއިސްއަކީ މީގެ ތެރެއިން އެއްމެ އަގުބޮޑު އެއްކާރެވެ.
އެންގޭޖްމެންޓް ރިންގް
ގިނަބަޔަކަށް އެގޭނެ ފަދައިން ނިކް ޖޯނަސްއާއި ޕްރިޔަންކާގެ ލޯބީގެ ވާހަކައަކީ ލޯބިން ފުރިގެންވާ މޮޑާން ވާހަކަ އެކެވެ. ނިކް ވަނީ އޭނާގެ އަންހެނުން ޕްރިޔަންކާއަށް 2.1 ކަރޯޑު (ގާތްގަނޑަކަށް 279،000 ޑޮލަރު)ގެ އަގުހުރި ޓިފަނީ އަގޮޓިއެއް ހަދިޔާކޮށްފަ އެވެ. ޕްރިޔަންކާގެ މިލްކިއްޔާތުގައި ހުރި އަގުހުރި ވަސޯވާގެ ގެއަކީ ވެސް އަންތަރީސްވާވަރުގެ އަގެއްގެ ގެ އެކެވެ. އެ ގޭގެ އަގަކީ 111 ކަރޯޑް (14.7 މިލިއަން ޑޮލަރު) ގެއެކެވެ.