ސައުތު ފިލްމް އިންޑަސްޓްރީގެ ސުޕަ ސްޓާ އަލޫ އަރުޖުންގެ ދަރިފުޅުގެ އަލޫ އަރްހާނު ވެސް ފިލްމީ ދާއިރާއަށް ނިކުންނަށް ތައްޔާރުވެއްޖެ އެވެ.

އަރުޖުންގެ ދަރިފުޅު އަލޫ ފުރަތަމަ ފެންނާނެ ފިލްމަކީ ސައުތު ފިލްމެއް ކަމަށްވާ ސަމަންތާ އަކިނޭނީގެ "ޝަކުންތަލް" އިންނެވެ.

އަރްހާ ފިލްމީ ދާއިރާއަށް ނުކުންނަކަން އަރުޖުންއާ އޭނާގެ ކޮއްކޮ އަދި އެކްޓަރު އަލޫ ސިރިޝް ވެސް ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.

އަރުޖުން ބުނެފައި ވަނީ "އަލޫ އާއިލާގެ ހަތަރު ވަނަ ޖެނެރޭޝަންގެ އަލޫ އަރްހާ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައި ވާކަން އިއުލާން ކުރުންމީ ފަހުރުވެރި ވަގުތު ކޮޅެއް" ކަމަށެވެ.

https://www.instagram.com/p/CRVwi-psR9w/

އަރުޖުން ބުނެފައި ވަނީ އަރްހާގެ ފުރަތަމަ ފިލްމު ސަމަންތާ އެކު ފެނިގެންދާތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އަލޫ އަރުޖުންގެ ބައްޕަ އަކީ ސައުތުގެ މަޝްހޫރު ޕުރޮޑިއުސަރު އަލޫ އަރަވިންދް އެވެ.

ބޮޑު ބަޖެޓެއްގައި ހަދާ މިފިލްމު ޑައިރެކްޓަރަކީ ގުނަޝޭކަރް އެވެ. ގުނަޝޭކަރް ވަނީ އަނުޝްކާ ޝެޓީގެ ސުޕަހިޓް ފިލްމެއް ކަމަށްވާ "ރުދްމަދޭވީ" ޑައިރެކްޓް ކޮށްފަ އެވެ.

މިދިޔަ އަހަރު މި ފިލްމު އިއުލާނު ކުރުމާއެކު ސަމަންތާ ވަނީ މިއީ އޭނާގެ ޑްރީމް ޕްރޮޖެކްޓް ކަމަށާއި އަދި މިފިލްމުގައި އޭނާ ކުޅެނީ ވެސް އޭނާ އެންމެ ބޭނުންވި ކަހަލަ ރޯލެއް ކަމަށް ބުނެފަ އެވެ. އަދި މިއީ ޑައިރެކްޓަރު ގުނަޝޭކަރް އާއެކު ސަމަންތާގެ ފުރަތަމަ ފިލްމެވެ.