ތަމަޅަ މަޝްހޫރު ފިލްމު "ތަދަމް"ގެ ހިންދީ ރިމޭކަށް އަދިތިޔާ ރޯއި ކަޕޫރު ހަމަޖައްސައިފި އެވެ.
މި ފިލްމުގައި އަދިތިޔާ ޑަބަލް ރޯލްއިން ފެނިގެންދާނެ ކަމަށް ވެސް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވެ އެވެ.
މިއީ އަދިތިޔާ ޑަބަލް ރޯލްއަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. މި ދެ ރޯލްގައި އަދިތިޔާ ފެނިގެންދާނީ ވަރަށް ތަފާތުކޮށް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ނަމެއް އަދި ފައިނަލް ކޮށްފައިނުވާ މި ފިލްމު ޑައިރެކްޓްކުރަނީ ވަރްދަން ކެޓްކާރް އެވެ. ފިލްމުގެ މަސައްކަތްތައް ފަށަން ތާވަލު ކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
މީގެ ކުރިން މި ފިލްމުގެ ލީޑްރޯލުން ސިދާތް މަލޯތްރާ ފެނިގެންދާނެ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ.
2019 ވަނަ އަހަރު ދެއްކި ތަމަޅަ ހިޓް ފިލްމު "ތަދަމް" ރިލީޒްކުރިއްސުރެ ފިލްމުގެ ހިންދީ ރީމޭކެއް ހަދަން ބޭނުން ވެފައިހުރި ކަމަށް މުރާދު ބުނެ އެވެ. އަދި އޮރޖިނަލް ފިލްމް ވެސް ޑައިރެކްޓްކޮށްފައިވާ ވަރުދަންއާ އެކީ މަސައްކަތް ކުރަން ވެސް ބޭނުންވެފައި ތިބި ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.
ފިލްމު ޕްރޮޑިއުސްކުރަނީ ބޫޝަން ކުމާރުގެ ޓީ ސީރީޒް އަދި މުރާދު ކޭތާނީގެ ޗައިން 1 ސްޓޫޑިއޯސް އިންނެވެ.