ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީނަށް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ ދޭން އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އަބުދުﷲ ކަމާލުއްދީނަށް "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ކުރީގެ ޑީއާރުޕީ އަދި ފަހުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްގައި ވެސް އިސް ދައުރެއް އަދާކުރެއްވި ކަމާލުއްދީން އައު ޕާޓީއެއް އުފެއްދުމަށް އެދި ފޯމް ހުށަހެޅުމުން އެންމެ ފުރަތަމަ އެފޯމް ބާތިލުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ދަފްތަރުގައި އޭނާގެ ނަން އޮތުމުންނެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އައު ޕާޓީއެއް ހަދަން ހުށަހެޅީ އައު ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކު ވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް ހުރުމުން ކަމަށެވެ.
ކަމާލުއްދީން އައު ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތްކުރަމުންދާއިރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަށްވަމުންނެވެ.
ޝާހުއާއި ސަލްމާންއާ ބެހޭގޮތުން ޕްރިތީ ބުނީ ކީކޭ؟
ހޮލީވުޑްގެ ޕްރޮޑިއުސަރެއް 146 އަަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި
މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
މަރުހަބާ ސިޔާސީ ޖާގަ އިތުރުވެ ސިޔާސީ ވަޒީފާ ލިބޭނެ ކަމުގެ އުއްމީދު ބޮޑު މިހާރު ގިނަ ދިވެހިން ބޭނުންވަނީ ސިޔާސީ މަޤާމުތަށް !