ތަމަޅަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދައިފައިވާ އެކްޓަރު އައްލޫ އަރްޖުންގެ ފިލްމު "ޕުޝްޕާ" މި އަހަރުގެ ކްރިސްމަސްގައި ރިލީޒް ކުރަން ނިންމައިފި އެވެ.

ރިލީޒް ކުރާނެ ތާރީޚު އިއުލާންކުރުމާއެކު ފިލްމުގެ އާ ޕޯސްޓަރެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންގެންދާ ފިލްމެކެވެ. ފިލްމްގެ މަސައްކަތްތައް ފެށުނީއްސުރެ ފިލްމުގެ ކޮންމެ ހަބަރަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

މި ފިލްމްގެ ހާއްސަކަމަކީ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ ފަސް ބަހަކުން ކަމަށްވާތީ އެވެ. އެއީ ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހެވެ. ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ތިއޭޓަރުގަ އެވެ.

"ޕުޝްޕާ" މި ފިލްމަކީ އައްލޫ އަރްޖުން އާއި ޑައިރެކްޓަރު ސުކްމާރްއެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. ކުރިން ސުކްމާރްއާއެކު އަރްޖުން މަސައްކަތް ކޮށްފައި ވަނީ 2004 ވަނަ ނެރުނު ފިލްމު "އާރްޔާ" އާއި 2009 ވަނަ އަހަރު ނެރުނު "އާރްޔާ" ފިލްމުގެ ދެވަނަ ބައިގަ އެވެ.

ފިލްމުގެ އަންހެން ލީޑްރޯލުން ފެނިގެންދާނީ ރަޝްމިކާ މަންޑަންނާ އެވެ.

މީގެ އިތުރުން ޖަގަޕަތި ބާބޫ، އަނަސުޔާ ބަރަޑްވާޖް، ވިނެއްލާ ކިޝޯރް ތަފާތު ރޯލު ތަކުން ފެނިގެންދާނެ އެވެ. މި ފިލްމުގައި އެންޓަގޮނިސްޓެއްގެ ގޮތުގައި ފަހަދް ފާސިލް ފެނިގެންދާނެ އެވެ.

މިއީ ފަހަދް ފާސިލްގެ ތެލުގޫ ފުރަތަމަ ފިލްމެވެ.