ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫ ދާބީއަށް އެތެރެވާއިރު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން އަބޫދާބީގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެގައުމަށް އެތެރެވެވޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ފުރަތަމަ ހިމެނުނީ މިއަހަރުގެ ޖުލައި މަހު ފަހުކޮޅުގަ އެވެ.
ނަމަވެސް މި މަހު އެ ޤައުމުން އާންމު ކުރި ލިސްޓުން ވަނީ ރާއްޖެ އުނިކޮށްފައިވާއިރު އަންނަ މަހުން ފެށިގެން އަލުން ރާއްޖެއިން އަބޫދާބީއަށް ކަރަންޓީނު ވުމަކާ ނުލައި އެތެރެވެވޭނެ ކަމަށް ލިސްޓްގައި ވަނީ ހިމަނާފަ އެވެ.
ރާއްޖޭގެ އިތުރުން މިވަގުތު ދުނިޔޭގެ 55 ގައުމެއް އަބޫދާބީގެ ގްރީން ލިސްޓުގައި ހިމަނާފައި އެބައޮތެވެ. އެހެންކަމުން ދިވެހިރާއްޖެއިން އަބޫދާބީއަށް ދަތުރުކުރާ ފަރާތްތަކުން އެގައުމުގައި ދެން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެއެވެ.
އަބޫދާބީއަކީ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.
އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
ބީޓީއެސް އިންޑިއާއަށް އަންނަނީ!
