އިންޑިއާގެ ސައުތު އިންޑިއަންގެ ފިލްމް އިންޓަސްޓްރީގައި މަގުބޫލުކަމެއް ހޯދާފައިވާ ބަތަލާ ކަމަށްވާ ރަޝްމިކާ މަންދަނާއަށް ހަ ބަހުން ވާހަކަ ދައްކަން އިނގޭ ކަމަށް އޭނާ ބުނެފި އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ސައުތު ފިލްމީ ދާއިރާގެ ބަތަލާ ހަ ބަހުން ވާހަކަ ދައްކަން އިނގޭކަން ހާމަކޮށްފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ޝެޝަނެއްގަ އެވެ.
ކްރަޝް އޮފް ދި ނޭޝަންގެ ރަޝްމިކާ މަންދަނާއަށް މުޅި ޖުމްލަ ހަ ބަހަކުން ވާހަކަ ދައްކަން އެނގެ އެވެ.
ރަޝްމިކާއަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް އަދި ގިނަ އަޕްޑޭޓާއި ފޮޓޯ ވެސް ހިއްސާކުރަމުން އަންނަ ތަރިއެކެވެ. ވަރަށް ފަހުން އިންސްޓަގްރާމްގައި ބަތަލާ ވަނީ ސުވާލާއި ޖަވާބުގެ ޝެޝަނެއް ބާއްވާފަ އެވެ.
މި ޝެޝަނުގައި ސަޕޯޓަރުންގެ އެތައް ބައިވަރު ސުވާލަކައް އެކްޓްރެސް ވަނީ ޖަވާބުދީފަ އެވެ.