ސައުތު އިންޑިއަން ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޖޯޑު ކަމަށްވާ ނަގަ ޗައިތަންޔާ އަކިނޭކީ އާއި ސަމަންތާ ރުތް ޕްރަބޫ ކައިވެނި ރޫޅާލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ފެތުރިއްޖެ އެވެ.
ސައުތު އިންޑިއަން ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މި ދެ ފަންނާނުން ކައިވެނިކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ.
ކުލަގަދަކޮށް ކައިވެނި ހަފްލާ ބާއްވާފައިވާއިރު ޗައިތަންޔާ އާއި ސަމަންތާ ވަރިވާ އުޅޭ ވާހަކަ މީޑިއާތަކުގައި ދައްކަން ފެށީ ސަމަންތާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަކި ނޭކީ ނެގުމުންނެވެ.
މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ސަމަންތާ ބުނެފައި ވަނީ އަދި އެ ވާހަކަތައް ދައްކަން އަވަސް ކަމަށާއި ވަގުތު ޖެހުމުން އެ ވާހަކަތަކަށް ޖަވާބު ދޭނެ ކަމަށެވެ.
ޗެއިންތަންޔާ އާއި ސަމަންތާ ވެސް އަދި މި ވާހަކަ އަދި ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
މި ދެ ފަންނާނުނަކީ ވެސް ސައުތު އިންޑިއަން ގިނަ މަގުބޫލު ފިލްމުތަކެއް ކުޅެފައިވާ ދެ ފަންނާނުންނެވެ. އަދި ޗައިތަންޔާގެ ބައްޕަ ނަގަރުޖަނާއަކީ ވެސް ސައުތު އިންޑިއަން ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ ތަރިއެކެވެ.
ޗެއިންތަންޔާ އާއި ސަމަންތާ ވަކިވި ވާހަކަތައް އެމީހުންގެ ފޭނުންނެއް ބޭނުމެއް ނުވެ އެވެ. އެންމެން ވެސް އިންތިޒާރުކުރަނީ ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށެވެ.