ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާންގެ ފިލްމު "ޖަވާން"ގެ ހާއްސަ ފެނިލުމެއްގައި ތަމަޅަ ސުޕަސްޓާރު ވިޖޭ ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝާހްރުކް ޙާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ މަންޒަރެއް ކުޅުމަށް ހުށަހެޅުމާއެކު ތަމަޅަ ސުޕަސްޓާރު ވިޖޭ ވަނީ އެކަން ގަބޫލުކޮށްފަ އެވެ.

މިހާރު ޕޫނޭގައި ޝޫޓިން ކުރިއަށްދާ ފިލްމު "ޖަވާން" އަކީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ފިލްމެކެވެ. ވިޖޭއަކީ އެޓްލީ އެންމެ ފަހު ގެނެސްދިން ފިލްމު "ބިޖިލް"ގެ ބަތަލެވެ.

https://www.instagram.com/p/CROpzVcnyfy/

ޝާހްރުކް ޚާން އާއެކު މި ފިލްމުގައި ފެނިގެންދާނެ އަންހެން ބައިވެރިއަކަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވަނީ އެޓްލީގެ "ރާޖާ ރާނީ" އަދި "ބިޖްލީ"ގެ ތަރި ނަޔަންތާރާ އެވެ.

https://www.instagram.com/p/CS8VXyVhB0j/

ނެޓްފްލިކްސްގެ ސްޕެއިންގެ ސީރީޒް "މަނީ ހައިސްޓް" ގެ ކުލަވަރު ވެސް ހިމަނައިގެން ހަދާ ކަމަށް ބުނާ ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ޕްރިޔަމަނީ، ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ އަދި ރާނާ ދަގޫބަތީ ހިމެނެ އެވެ.

ފިލްމުގެ މިއުޒިކް ބައި ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ އޭ އާރް ރަހްމާން އެވެ. ފިލްމުގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު ދުބާއީގަ އެވެ.

https://www.instagram.com/p/CTZ_L98Bef4/

ޝާހްރުކް ޚާން މިފިލްމުގެ އިތުރުންވެސް ސިދާތް އާނަންދް ޑައިރެކްޓް ކުރާ ފިލްމު "ޕަތާން" ގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.