އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނުނަށް ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ތަނެކެވެ. އެގޮތުން ބައެއް ފަންނާނުން އަހަރުގެ ތެރޭގައި އެތައް ފަހަރު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އާދެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ އާއިލާ ރާއްޖޭއަށް ވަނީ ޗުއްޓީ ހޭދަކޮށްލުމަށް އައިސްފަ އެވެ. އެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގަ އެވެ.
ޕަރްނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އަންނަނީ ރާއްޖޭގެ ރީތި މަންޒަރުތައް ހިއްސާ ކުރަމުންނެވެ.
މަންމަ ނީނާ ޗޯޕްރާ އާއި ބައްޕަ ޕަވަން ޗޯޕްރާގެ އިތުރުން ބޭބެ ޝިވާންގް ޗޯޕްރާއާއެކު ޕަރިނީތީ ކުރަމުން އަންނަ މި ދަތުރުގައި ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު، މިފޮޓޯތަކުން ފެނިގެންދަނީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށާއި ރިސޯޓުގައި ނަގާފައިވާ އެކި މަންޒަރުތަކެވެ.
މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ. އަދި އިންޑިއާގެ ފިލްމީ ދާއިރާގެ ހަބަރު ގެނެސްދޭ ނޫސްތަކުގައި ވެސް ޕަރްނީތީ ޕޮޓޯތަކުގެ ވާހަކަ ވަނީ ދައްކާފަ އެވެ.
މިފަހަރު ޕަރްނީތީ ރާއްޖެ އައިސްފައި ވަނީ އޭނާގެ އަމިއްލަ ޕޮޓޯގްރާފަރަކާއެކު އެވެ.
ޕަރިނީތީއަކީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ބަތަލާއެކެވެ.
ޕަރިނީތީ، 32، ބޮލީވުޑަށް ނުކުތީ ރަންވީރު ސިންގްގެ ދެވަނަ 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިންނެވެ. ޕަރިނީތީގެ ފިލްމީ މަސައްކަތަށް ބަލާއިރު، މި އަހަރު ނެރެފައިވާ ފިލުމުތަކަކީ ''ސައިނާ''، ''ސަންދީޕް އޯރް ޕިންކީ ފަރާރް''، އަދި ''ގާލް އޮން ދަ ޓްރެއިން'' އެވެ.