އިޒްރޭލުން ގާޒާއަށް އަޅަމުންދާ ބޮން އެޅުން ހުއްޓާލައި ތިން ދުވަހަށް ހަނގުރާމަ މެދުކަނޑާއިލައިފި ނަމަ ހަމާސްއިން ހައްޔަރު ކޮށްފައިވާ ރަހީނުންގެ ތެރެއިން ބަޔަކު މިނިވަން ކުރެވިދާނެ ކަމަށް އެމެރިކާގެ ޖޯ ބައިޑަން އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަރިހުގައި ވިދާޅުވެއްޖެ އެވެ.
އެމެރިކާއާއި އިޒްރޭލުގެ ޚާއްސަ އޮފިޝަލުންތަކަކާ ހަވާލާދީ އެމެރިކާގެ ނޫހެއްގައި ބުނެފައިވާގޮތުގައި ގަތަރާއި އިޒްރޭލާއި އެމެރިކާގެ އޮފިޝަލުން ކުރި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ހަމާސްއިން ވަނީ އެމީހުން ހިފަހައްޓާފައި ތިބި ރަހީނުންގެ ތެރެއިން ދިހަ އަކާ ފަނަރައާ ދެމެދުގެ އަދަދެއްގެ މީހުން ދޫ ކޮށްލަން އެއްބަސްވެފަ އެވެ. އަދި ތިން ދުވަހަށް ހަނގުރާމަ މެދުކަނޑާލައިފި ނަމަ އެމުއްދަތުގެ ތެރޭގައި ހަމާސް އިން އެމީހުންގެ އަތްދަށުގައިވާ ރަހީނުންގެ ފުރިހަ ނަމާއެކު ލިސްޓެއް ދޭން ވަނީ އެއްބަސްވެފަ އެވެ.
ވައިޓް ހައުސްއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން ބައިޑަން ވަނީ ނަތަންޔާހޫއެކު ހަނގުރާމަ މަޑުޖައްސާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ހަނގުރާމަ މަޑު ޖައްސާލުމަށް ބައިޑަން ގޮވާލެއްވި ކަމަށްވިޔަސް ހަނގުރާމަ ހުއްޓާލުމަށް ނަތަން ޔާހޫ އެކޭ އެއްފަދައިން ބައިޑަން ވެސް ދެކޮޅު ހައްދަވަ އެވެ. އެކަމަށްޓަކައި އދ. އަށް މިހާތަނަށް ހުށަހެޅުނު ހުރިހާ ގަރާރެއް ވެސް އެމެރިކާ އިން ވަނީ ވީޓޯ ކޮށްފަ އެވެ.
ގާޒާއަށް މެދުނުކެނޑި ބޮން އަޅަމުންދާއިރު ގާޒާ ވަށާލައިފައިވާ އިޒްރޭލްގެ ސިފައިން މިހާރު ގެންދަނީ ގަޒާ ސިޓީއަށް އަރައި، އެ ސިޓީގެ އިމާރާތްތައް ބިމާ ހަމަކުރަމުންނެވެ.
އެމެރިކާއިން އިޒްރޭލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ދެނީ
ހއ އިން ގދ އާ ހަމައަށް މޫސުން ގޯސްވެ އެލާޓް ނެރެފި
މައްކާއަށް އަމާޒުކުރި ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި