ގިނައިރު ފޯނު، ޓެބުލެޓް ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ ކުދިންނަށް ނިދި ލިބޭ މިންވަރު އެނޫން ކުދިންނަށް ވުރެ މަދު ކަމަށް ތަޖުރިބާ ކާރުން ބުނެފި އެވެ.

ދާދި ފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި 1 އަހަރާއި 3 އަހަރާ ދެމެދުގެ ކުދިން ފޯނު ފަދަ ތަކެއްޗާއި ކުޅޭ ކޮންމެ ގަޑިއިރަކީ ރޭގަނޑުގެ ނިދިން 15 މިނެޓް އެކުދިންނަށް އުނިކޮށްދޭ ގަޑިއިރެކެވެ.

އޭގެ އިތުރުން ފޯނު ފަދަ ވަސީލަތްތައް ބޭނުން ކުރުމުމަކީ އެކުދިންގެ ހެދިބޮޑުވުން ލަސްކޮށްދޭ ކަމެކެވެ. މި ވަސީލަތްތަކުން އެ ކުދިންގެ އަތްފައިގެ މަސައްކަތް އިތުރުވެ ގިނަ ކަންކަން ދަސްވި ނަމަވެސް މާ ގިނައިރު އެކަމުގައި އުޅުމަކީ ލޮލުގައި ރިއްސައި އެހެނިހެން ސިއްހީ މައްސަލަތައް އިތުރުވެ ނިދުމާ ދުރުކޮށްދޭ ކަމެކެވެ.

ޅަފަތުގެ އުމުރަކީ އެކުދިން ރަނގަޅަށް ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ކަމުން ނިންޖަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ކޮންމެ މިނެޓްއަކީ ވެސް އެހާ ބޭނުންތެރި އެއްޗެއް ކަމަށް މި ދިރާސާގައު ބުނެފައިވެ އެވެ.

ލަންޑްންގެ ޔުނިވާސިޓީއެއް ކަމަށްވާ ބާކްބެކްއިން ވަނީ 3 އަހަރުން ދަށުގެ ކުދިންގެ 715 ބެލެނިވެރިން ބައިވެރިިކޮށްގެން ސާވޭއެއް ހަދާފަ އެވެ. އެ ސާވޭއިން އެނގިގެން ދިޔަގޮތުގައި 3 އަހަރުން ދަށުގެ 75 ޕަސެންޓް ކުދިން ފޯނު ފަދަ ވަސީލަތްތައް އާދައިގެ މަތިން ބޭނުން ކުރެ އެވެ. އަދި 6 މަހާއި 11 މަހާއި ދޭތެރޭގެ 51 ޕަސެންޓް ކުދިން ކުދިން ފާހަގަވެފައި ވާއިރު 2 އަހަރާއި 3 އަހަރާއި ދޭތެރޭގެ 92 ޕަސެންޓް ކުދިން ޓަޗް ސްރީން ޓެކްނޮލޮޖީ ބޭނުން ކުރާކަން މި ދިރާސާއިން ހޯދިފައިވެ އެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޓިމް ސްމިތް ބުނިގޮތުގައި ކުޑަކުދިން ދުވާލާއި ރޭގަނޑު މުޅިއަކު 10 އަކާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ނިދަން ޖެހޭނެ އެވެ.

އެހެންކަމުން ޓެކްނޮލޮޖީގެ ވަސީލަތްތައް މާ ގިނައިން ދިނުމުގެ ބަަދަލުގައި ވަކި ވަގުތަކަށް ޓީވީ ދެއްކުން ރަނގަޅު ކަމަށާއި ނިދަން ކައިރިވާ ވަގުތު އެފަދަ ތަކެތި ނުދެއްކުމަށް ޑރ. ޓިމް ވަނީ ލަފާދީފަ އެވެ.