ކޮޕީ ނުކުރުމަށް ބޮލީވުޑް މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްޅާ ކައިރީގައި އެކްޓަރު ކާތިކް އާރިޔަން ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ކާތިކް މިހެން ޕަރިނީތީ ކައިރީގައި ބުނެފައިވަނީ އޭނާ ފަރުބަދަމަތީގައި ނަގާފައިވާ ފޮޓޯތަކާ އެއްގޮތަށް ޕަރިނީތީ ފޮޓޯތަކެއް ނެގުމަށް ފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ.

ޕަރިނީތީ ފަރުބަދަމަތީ ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމް ސްޓޯރީ ގައި ހިއްސާ ކޮށްފައިވަނީ ކާތިކް ޓެގް ކުރުމަށް ފަހު އެވެ. "މިފޮޓޯ ތަކާ މެދުގައި ކީކޭ ތޯ ބުނަނީ" ކާތިކް ކައިރީގައި ޕަރިނީތީ ވަނީ އަހާފަ އެވެ.

ޕަރިނީތީ ޗޯޕްޅާ އިންސްޓަގްރާމް ސްޓޯރީ ގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއް

ޕަރިނީތީގެ ސްޓޯރީއަށް "ހިނިގަނޑު" އިމޯޖީއަކުން ކޮމެންޓް ކުރަމުން ކާތިކް ބުނެފައިވަނީ "ކޮޕީ ކުރުން ޕަރީ ހުއްޓާލާ" ކަމަށެވެ.

ކާތިކްގެ އިންސްޓަގްރާމް ސްޓޯރީ

ޕަރިނީތީގެ އިންސްޓަގްރާމް ސްޓޯރީ

މިދިޔަ އަހަރު "ދަ ގާލް އޮން ދަ ޓްރެއިން" އާއި "ސައިނާ" އަދި "ސަންދީޕް އޯރް ޕިންކީ ފަރާރު" އިން ފެނިގެން ދިޔަ ޕަރިނީތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދަ ގާލް އޮން ދަ ޓްރެއިން" ގެ ޑައިރެކްޓަރު ރިބޫ ދާސްގުޕްތާގެ ފިލްމެއް ވެސް ހިމެނެ އެވެ.

https://www.instagram.com/p/CU6pWGUvjoK/

އަދި ނޭޕާލުގައި މިހާރު ޝޫޓިން ކުރިއަށްދާ ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމު "އޫޗާއީ" ގައި ބަތަލާ ޕަރިނީތީ އަންނަނީ ހަރަކާތެރިވަމުންނެވެ. އެގޮތުން އެފިލްމުގައި ޕަރިނީތީ ފެނިގެންދާނީ ޓުއާ ގައިޑެއްގެ ރޯލު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

https://www.instagram.com/p/CVDFE75NQew/

ކާތިކް އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ދަމާކާ" އެވެ. އަދި މީގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފްރެޑީ" އާއި "ބޫލް ބުލައްޔާ 2" އާއި "ޝެހެޒާދާ" އާއި "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.