ކޯކުއަކީ މުޅި ދުނިޔޭގެ އެންމެ ހިނގާ އެއް ބުއިމޭ ބުންޏަކަސް ދޮގަކަށް ނުވާނެ އެވެ.

ރާއްޖޭގައި ވެސް ގިނަ ބަޔަކު ބޭނުންކުރާ އެއް ބުއިމަށް ކޯކު ވާނެ އެވެ. ސުވާލަކީ ކޯކު ބޭނުން ކުރާ ގިނަ މީހުންނަށް މިއީ ކޮންކަހަލަ ބުއިމެއްކަން އެނގެނީ ކިހާވަރަކަށްތޯ ކުރެވޭ ސުވާލެވެ.

ކޮކާ ކޯލާ އެންމެ ފުރަތަމަ އުފެއްދި އިރު އެ އުފައްދާފައިވަނީ ކޮކޭން ބޭނުން ކޮށްގެންނެވެ. އެއަށް "ކޮކާ ކޯލާ"ގެ ނަން ދިން ގޮތަކީ ވެސް އެއީ އެވެ.

ކޮކާ ކޯލާ ބުއިމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށްދެ އެވެ. ސަބަބަކީ ބުއިމަށް ފަހު 20 މިނިޓް ތެރޭގައި އޭގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ހުރިހާ ހަކުރެއް "ފެޓަށް" ބަދަލުކޮށްލާތީ އެވެ. އަދި ހަށިގަނޑުގައި ހުންނަ ހުރިހާ ކެލްސިއަމް، މެގްނީސިއަމް އަދި ޒިންކް ހަށިގަނޑުން ބޭރުކޮށްލާތީ އެވެ.

ކޮކާ ކޯލާގެ ސަބަބުން ހަށިގަނޑު ތެރެއަށް ގިނަ އަދަދަކަށް ހަކުރާއި ކެފެއިން އެތެރެވެ އެވެ. ނަތީޖާއަކަށް ވަނީ ލޭގައި ހަކުރު އިތުރުވުމުގެ ސަބަބުން ސިކުނޑި ތެރޭގައި ހުންނަ ސެލްތައް ބްލޮކްވެ ނިދުމާ ދުރު ވުމެވެ. އެއާއެކު ގިނައިން ކުޑަކަމުދާން ޖެހުމެވެ.

ހަކުރު ބަލީގެ މައްސަލަތައް ހުންނަ މީހުން ކޮކާ ކޯލާ ބޭނުން ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ކޮންމެ ކޯކު ތައްޓެއްގައި 10 ސަމުސާ ހަކުރު ހިމެނުމެ.

ކޯކުގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން ތަންތަން ސާފުކުރުމުގައި ވެސް ކޯކުގެ ބޭނުން މީހުން އަންނަނީ ހިފަމުންނެވެ. ކޮކާކޯލާ އިން ލިބޭ ގެއްލުން އެނގުން ކަމުގައި ވިޔަސް އެއީ އަދިވެސް ގިނަ ބައެއްގެ އެންމެ މަގުބޫލު ބުއިމެވެ.