ރަނބާފަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ކެއްކުމުގައި ވަަރަށް ގިނައިން ބޭނުން ކުރާ އެއްޗެކެވެ. ރާއްޖޭގައި ވެސް މިއީ ފަސޭހައިން ލިބެން ހުންނަ ބާވަތެކެވެ.
ފޮނި އެއްޗެހި އަދި ކުޅި އެއްޗެހި ހެދުމަށްވެސް ރާނބާފަތް ބޭނުން ކުރެވޭއިރު މިއީ ލިބޭ މީރު ރަހަޔާއި އެއްވަރަށް ހަށިގަނޑަށް ފައިދާވެސް ހުރި އެއްޗެކެވެ.
ހަށިގަނޑުން ހަކަތަ ހުސްވެ ނުވަތަ ވަރުދެރަވާނަަމަ ރާނބާފަތު ފެން ބޭނުން ކުރެވިދާނެ އެވެ. ހާއްސަކޮށް ހުން އައިސް ހަކަތަ ދަށްވާ ނަަމަ ރާނބާފަތަކީ ބޭނުން ކުުރުމަށް ރަނގަޅު އެއްޗެކެވެ.
އޭގެ އިތުރުން ތަކުރާރުކޮށް ހުން އަންނަ ނަމަ ހުން މަޑުކޮށް ދިނުމަށާއި ރޯގާ ޖެހި ކެއްސާ މޭގައި ރިހޭނަމަ ރާނބާފަތުގެ ފެން ބޭނުން ކުރުމުން ރިހުން ދުރުކޮށްދީ ހުން މަޑުކޮށްދެ އެވެ.
ރާނބާ ފަތަކީ ބޮލުގެ އިސްތަށިގަނޑަށް ވެސް ފައިދާހުރި އެއްޗެކެވެ. އެގޮތުން ބޮލުން ހަންފޮޅޭނަމަ އަދި އިސްތަށި ފައިބާނަމަ ރާނބާފަތު ފެނުން ބޯ ދޮވުމަކީ މި ދެކަމަށް ވެސް ލިބޭނެ ހައްލެކެވެ.
އެއާއެކު ނޭވާލުމަށް އުދަނގޫވުމާއި، ހިރުގަނޑު ހަލާކުވެ ލޭ އައުމުގެ އިތުރުން ހަޖަމްވުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ހައްލު ކުރުމަށް ވެސް ރާނބާފަތް ބޭނުން ކުރެވިދާނެ އެވެ.
ރާނބާފަތު ފެން ބޭނުން ކުރުމަށް އެންމެ ރަނގަޅު ގޮތަކީ ތެއްޔަކަށް ފެން އެޅުމަށްފަހު ތެލީގެ ފެނަށް މަދު ނުވާވަރަށް ރާނބާފަތް ލުމަށްފަހު ގާތްގަނޑަކަށް 10 މިނެޓް ވަންދެން ކެއްކުމެވެ. އެއަށްފަހު ރާނބާފަތް ކޮޅު ނަގާ ފެންހިހޫ ވަންދެން ބެހެއްޓުމަށްފަހު ކުޑަކޮށް ފިނިކޮށްލުމަށް އަލަމާރީގައި ބަހައްޓާށެވެ.