ކޮވިޑަށް އަތޮޅު ތެރެއިން 153 މީހުން، ޖުމްލަ 225 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިރުއޮއްސި 6:00 އާ ހަމައަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 4،527 ސާޕްލް ޓެސްޓް ކޮށްފައިވާއިރު، އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 225 މީހުންނެވެ. އެއީ ގްރޭޓާ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 29 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 153 މީހަކު އިތުރުން ރިސޯޓްތަކުން 33 މީހުންނެވެ.
މިއަދު އަތޮޅުތެރެއިން 153 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ކ.ގުރައިދޫ އިންނެވެ. އެގޮތުން ގުރައިދޫއިން 86 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އައްޑޫ ސިޓީއިން 17 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި ގއ.ވިލިނގިލިން 13 މީހަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86،830 މީހުންނަށް އަރާފަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،520 މީހުންނެވެ. މިހާތަނަށް 85،057 މީހުން ވަނީ ކޮވިޑުން ރަގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 19 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
މިބަލީގައި މިހާތަނަށް 240 މީހުން ރާއްޖޭގައި ވަނީ މަރުވެފަ އެވެ.