އަސޭމިރުހަކީ ކެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ބާވަތެކެވެ. އަހަރުމެންގެ ކެއްކުމުގައި އަސޭމިރުސް ނާޅާ ލައިގެން ކާ އެއްޗެއް ނުކެަންކައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސުވާލަކީ މިއީ ކޮންމެ ކެއުމަކަށް އަޅާވަރުގެ މުހިއްމު އެއްޗެއްތޯ ކުރަވޭ ސުވާލެވެ.
ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކޮށްދޭ
އަސޭމިރުހަކީ އެންޓި އޮކްޑަންޓްސް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ހަށިގަނޑުގެ ތަންތަން ދުޅަވުމާއި ހުޅުތަކުގައި ރިއްސުމުގެ އިތުރުން ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދެ އެވެ.
ހަކުރު ކޮންޓްރޯލް ކޮންދޭ
ދިރާސާތަކުން ދައްކާގޮތުގައި އަސޭމިރުސް ބޭނުން ކުރުމަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ. އެހެންކަމުން ހަކުރުބަލި ކޮންޓްރޯލްކުރުމަށް ގުދުރަތީ ބޭހެއްގެ ގޮތުގައި ގިނަ ބަޔަކު އަސޭމިރުސް ބޭނުން ކުރެ އެވެ.
ކޮލެސްޓްރޯލް ދަށްކޮށްދޭ
ކޮލެސްޓްރޯލް މަތިވުމަކީ ސްޓްރޯކް ފަދަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެކެވެ. އަސޭމިރުހަކީ ހަށިގަނޑުގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ދަށްކުރުމަށް އެހޭވެދޭ ބާވަތެއް ކަމަށް ހެދިފައިވާ ދިރާސާތަކުން ދައްކަ އެވެ.
ވިސްނުން ތޫނުކޮށްދޭއަސޭމިރުހުގައި ހިމެނޭ މާއްދާތަކަކީ ސިކުނޑީގެ މަސައްކަތްތައް ހިނގުން ރަނގަޅުކޮށްދީ ސިކުނޑީގެ ބަލިތަކުން މީހާ ސަލާމަތްކޮށްދޭ އެއްޗެކެވެ. އަދި ހަމަ އެއާއެކު ގަވާއިދުން އަސޭމިރުސް ބޭނުންކުރާނަމަ މީހާގެ ވިސްނުން ތޫނުވާ ކަމަށް ވެސް ހޯދިފައިވެ އެވެ.
ވައިޓް ހައުސްގެ ބޯލްރޫމްގެ ދަށުގައި އަސްކަރީ ކޮމްޕްލެކްސްއެއް
ސްކޮލާޝިޕްގައި ރާއްޖޭގައި ކިޔަވާނަމަ 6،000ރ ގެ އެލަވަންސެއް
"އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީން އެބަ މަޝްވަރާ ކުރޭ"