ބައެއް އަންހެނުންނަކީ އާދަޔާހިލާފަށް މޫނުގައި އިސްތަށި ފަޅާ އަންހެނުންނެވެ. ހާއްސަކޮށް ޕީސީއޯއެސް ތަހައްމަލު ކުރާ އަންހެނުންނަށް މިކަމަކީ ވަރަށް އާއްމު ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ މިގޮތަށް މޫނުގައި ފަޅާ އިސްތަށި ގުދުރަތީ ގޮތުން ނައްތާލެވޭނެ ބައެއް ގޮތްތަކަށެވެ.

ލުނބޯހުތާއި މާމުއި

މޫނުގައި އިސްތަށިފެޅުމަށް ފަރުވާއަކަށް ރަނގަޅު އެއްޗެއްލުނބޯހުތާއި މާމުޔަކީ މޫނުގައި ފަޅާ އިސްތަށި ނައްތާލަން ވަރަށް ބަރާބަރު އެއްޗެކެވެ. މޭޒުމަތީ ހަތަރު ސަމުސަލުގެ މާމުޔާއި މޭޒުމަތީ ދެ ސަމުސަލުގެ ލުނބޯހުތް އެއްޗަކަށް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ކަފަކޮޅަކުން މި މިކްސްޗާގައި އޮއްބާލުމަށްފަހު މޫނުގައި ހާކާފައި 10 މިނިޓް ވަންދެން ބަހައްޓާފައި ދޮވެލާށެވެ. މިގޮތަށް ހަފުތާއަކު ދެ ފަހަރު ފަރުވާ ދެމުން ގެންދާށެވެ. ވަރަށް އަވަހަށް ނަތީޖާ ފެންނާނެ އެވެ.

އޯޓްމީލް ސްކްރަބް

އޯޓްމީލްއަކީ ހަންގަނޑުގައި ހުންނަ މަރުވެފައިވާ ސެލްތައް ނައްތާލައި ހަންގަނޑު ސާފުކޮށްދޭ އެއްޗެކެވެ. އަދި މޫނުގައި ހުންނަ އިސްތަށި ސްކްރަބް ކުރަން ވެސް ވަރަށް ރަނގަޅު އެއްޗެކެވެ. މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ އޯޓްމީލް އާއި އަށް ތިކި ލުނބޯހުތް ރަނގަޅަށް އެއްކޮށްލުމަށް ފަހު މޫނުގައި ކާއްތާށެވެ. ދެން 15 ވަރަކަށް މިނިޓް ބެހެއްޓުމަށް ފަހު، އިސްތަށިފަޅާފައި ހުންނަ ކޮޅު ނޫން އަނެއް އަތަށް އުނގުޅާށެވެ. މި ސްކްރަބް ވެސް ހަފުތާއެކު ދެ ފަހަރު އުނގުޅުން ރަނގަޅެވެ.

ހަކުރާއި ޔޯގަޓް ސްކްރަބް

މޭޒުމަތީ ސަމުސަލެއްގެ މާމުޔާއި ހަމަ އެހާ ވަރަށް ޕްލެއިން ޔޯގަޓް ރަނގަޅަށް އެއްކޮށްލާށެވެ. މޫނުގައި ހާކާފައި 15 މިނިޓް ވަންދެން ބެހެއްޓުމަށް ފަހު ރަނގަޅަށް ހިކުމުން ހަކުރުން ސްކްރަބްކޮށްގެން މާސްކޮށް ފޮހެލާށެވެ. ސްކްރަބް ކުރާނީ ވަރަށް މަޑުމަޑުންނެވެ. އެހެންނޫނީ ހިރުވާގޮތް ވެދާނެ އެވެ. އޭގެ ފަހުން ޓޯނާއެއް ނުވަތަ މޮއިސްޗަރައިޒާއެއް އުނގުޅާލާށެވެ.

ބިހުގެ މާސްކް

މޫނުގައި ހުންނަ ބޭނުން ނޫން އިސްތަށިތައް ނައްތާލަން އެންމެ ރަނގަޅު އެއް ފަރުވާއަކީ ބިހުގެ ހުދުބައިން ތައްޔާރުކޮށްލެވޭ އެއްޗެކެވެ. މޭޒުމަތީ ސަމުސަލުގެ ބައި ސަމުސާ ކޯން ފްލާ އާއި އެއް ސައިސަމުސާ ހަކުރު، އަދި އެއް ބިހުގެ ހުދުބައި ރަނގަޅަށް އެއްކޮށްފައި މޫނުގައި ހާކާށެވެ. ދެން 15 މިނިޓް ވަންދެން ބެހެއްޓުމުން ރީތިކޮށް ހިކޭނެ އެވެ. ހިކުމުން މޫނުން މާސްކް ނަގައި ސާފުކޮށްލާށެވެ. ހަފުތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު މި ފަރުވާގެ ބޭނުން ހިފާށެވެ.