މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ފުލުހުން ބުނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެބް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ އިއްޔެ ކަމަށެވެ. އަދި އެއަމުރާ ގުޅިގެން ފުލުހުން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށްވެސް އެއިދާރާއިން ބުނެ އެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަގޮތަށް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެ އެވެ. އޭނާއަށް ރާއްޖޭން ބޭރަށް ދާން ކޯޓުން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވުމުންނެވެ.
އަލީ ވަހީދު ވަނީ ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުން އެ ފުރުސަތު ދިން ނަމަވެސް ސުޕްރީމް ކޯޓަށް ޕީޖީގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރާއްޖެއިން ބޭރުގައި ތިބޭ އެއްވެސް ބައެއްގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް އަންގާފަ އެވެ.
ކުރިމިނަލް ކޯޓުން މި ހަފުތާގައި ބޭއްވި އަޑުއެހުމުގައި ވަނީ 72 ގަޑިއިރުގެ ތެރޭ އަލީ ވަޙީދު ކޯޓަށް ހާޒިރުނުކުރެވިއްޖެނަމަ އޭނާ ޖާމިނުވި އަޑުބަރޭ އަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އަޅާނެ ކަމަށް އަންގާފަ އެވެ.