ސަރުކާރުން އިސްކަންދެނީ އަގަކަށް އަގެއް ދިނުމުގެ ބަދަލުގައި، ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކަމަށާ، މިގޮތުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، މަހުގެ އަގު މަތިވާން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ގާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
41 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވިގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، މުޅި ދުނިޔެއާ ރާއްޖެ ހުއްޓިގެން ދިޔަ އިރު ވެސް ނުހުއްޓި ހިނގަހިނގާ އޮތް އިގްތިސޯދުގެ ލޭނާރަކަށްވީ މަސްވެރިކަން ކަމަށާއި، މި ސަރުކާރުގެ މިސްރާބަކީ މައުނަވީ ގޮތެއްގައި، އިހްލާސްތެރި ނިޔަތަކާ އެކު، ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ބިނާކުރުމެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ދުވަސް ރަސްމީކޮށް ފާހަގަ ކުރަން ފެށިފަހުން މިއަދަކީ ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ކަމުގައި ވިޔަސް ހަގީގަތަކީ ދިވެހިންގެ ހަޔާތުގައި މަސްވެރިންގެ ދުވަސް ނޫން ދުވަހެއް، ދުވަހަކު ވެސް ނާންނަ ކަމުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުން ފެންނަ ބަދަލު ގޮސްނިމޭނީ، ފުރަތަމަ ކުރަންވާ ކަންތައް ފުރަތަމަ ނިންމާ އުސޫލަށް ކަމަށާއި، އެހެންކަމުން މަސްވެރިންނަށް އަވަހަށް ފައިސާ ދިނުން އެއީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި އޭގެ ފަހަތުގައިވާ ސަބަބަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީ ހުރުން ކަމަށާއި، އޭރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އައި އެއް ސަކުވާއަކީ، ކިރާ މަހަށް، އަވަހަށް ފައިސާ ނުލިބުމުގެ ސަކުވާ ކަމަށްވުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިގޮތުން މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 39.5 މިލިއަން ރުފިޔާ ސަރުކާރުން ދީ ޚަލާސް ކޮށްފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިހާރުގެ ސިޔާސަތަކީ ގިނަވެގެން ހަފްތާއެއް ތެރޭގައި ކިރާ މަހަށް ފައިސާ ދީ ނިންމުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން، މަހުގެ އަގު ކަނޑައެޅުމުގައި އެންމެ މުހިންމީ މަހުގެ ކޮލިޓީކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ މަހުގެ ކޮލިޓީ އެގޮތުގައި ހިފެހެއްޓުމަށްޓަކައި ވަށާޖެހޭ ނިޒާމެއް ސަރުކާރުން ބިނާ ކުރަމުން ދާކަމުގައި ހާމަކުރައްވާފަ އެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރާ ސަބަބަކީ އެއީ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިޔަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ކ. ގާފަރުގެ އިތުރުން، ރ. މަޑުއްވަރި އަދި ހއ. ހޯރަފުށީ އައިސްޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށާއި، ފެލިވަރުގައި އިތުރު 50 ޓަނުގެ އައިސްޕްލާންޓެއް ވަނީ ގާއިމުކުރެވިފައި ކަމުގައި އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި، މީގެ އިތުރުން، އިތުރު 12 އަތޮޅެއްގައި ޖުމުލަ 18 އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.
އަލަށް މި ހުޅުވުނު އައިސްޕްލާންޓް ތަކާއެކު، އަދި އިތުރަށް ގާއިމުކުރެވޭ ކުރިން މިދެންނެވި އައިސްޕްލާންޓްތައް ނިމުމުން، ހެޔޮބަދަލަކުން ބޮޑުތަފާތެއް ފެންނާނެކަމުގައި ރައީސް ވިދާޅުވި އެވެ. އަދި، އޭރުން މަހެއްގެ މައްޗަށް ޖުމްލަ 15000 ޓަނަށް ވުރެ ގިނައިން އައިސް އުފެއްދޭނެ ގާބިލްކަން ދިވެހި މަސްވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅުތަކާއި ސިޔާސަތުތައް ރައީސް ވަނީ ވަރަށް ތަފްސީލުކޮށް ހާމަކުރައްވާފަ އެވެ.
މިގޮތުން މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯ މަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްލައި، އޭގެ ބަދަލުގައި ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިކަމަށްޓަކައި ކުރިޔަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ފެލިވަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ މަސައްކަތަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.
އިންޑިއާ ސިފައިން މިގައުމުގައި ތިބެގެން ނުވާނެއޭ އަދި އިންޑިއާ ހެލިކޮޕްޓަރު ގަނޑުވެސް ބާއްވައިގެން ނުވާނެއޭ ކުރީ ސަރުކާރުން ބުނެގެން ކަމަށް ތަމެން ބުނަނީ އުތުރު ތިލަފަޅު އެއްބަސްވުން ގާއިމް ކުރީ ދެން ކުރީ ސަރުކާރުން އެންގިއޭ އިންޑިއާ އަށް ހެލިކޮޕްޓަރު ތައް ގެންދަން އޭގެ ސިޓީ ވެސް އެހެރީއޭ ދެން ތަމެންގެ ކައްޕަޅި ސަރުކާރުން ކިއެއްވެތޭ ހެލިކޮޕްޓަރު ތައް ނުފޮނުވީ ކިއެއްވެތޭ އިންޑިއާ މިލިޓަރީ ޖެހޭނީ ރާއްޖޭން ބޭރުވާން ރުހުމުގައި ބޭރުނުވާނަމަ ގަދަކަމުން ބޭރުކުރާނަމޭ އިންޑިއާ އައުޓް އިންޑިއާ އައުޓް
ޑްރަގް ބޯޓް ތަކޭ ކިޔައިގެން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަން މިގައުމުގެ ހާކިމާ މަސައްކަތް ކުރުން އެއީ ދެން ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމެކޭ މިރާއްޖޭގެ އާބާދީގެ %90 މީހުން އެބުނަނީ އިންޑިއާ މިލިޓަރީ އައުޓް ކުރަން އަދި އިިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއަރ މިގައުމުން ފޮނުވާލަން އަދި އުތުރު ތިލަފަޅު އެއްބަސްވުން އޮޅާލަން ދެން ސަރުކާރުން އެކަން ނުކުރަން ޑްރަގް ބޯޓޭ ކިޔާ ހަގީގަތާއި ޚިލާފު ވާހަކަ ދައްކާ އިދިކޮޅު ޕާރޓީގެ ބޮލުގައި ބަދުނާމު އަޅުވަނީއޭ ރައީސް އިބޫ އަކީ އެއީ ވެރިކަމަށް
މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދެއް ނޫން އެއީ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ އިންޑިއާގެ ގޮނޑި ކޮއްކޮ ސަރުކާރު ހެދިގެން ތިބެން އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަން ދައުލަތުގެ ބަޖެޓުން ޓެކްސް ޕޭޔަރ މަނީން ޚަރަދުކުރޭ މަހަކު 25 މިލިއަން ރުފިޔާ އެފައިސާ މިރާއްޖޭގެ ސިފައިންގެ އަށް ކޮށް އެމެންގެ މުސާރަ ބޮޑު ކޮށް އެމެންނށް ހުޅުމާލޭ އިރުން އޮތް ފަޅު ހިއްކާ ގޯތިދޭނަމަ ސިފައިންގެ ކެޕޭސިޓީ ރަނގަޅުވެ ސިފައިން ބަލަހައްޓާނެއޭ މާބޮޑަށް ރަނގަޅަށް އިންޑިއާ އަކީ އެއީ ޑްރަގްކާރޓެލް