ޒުވާނުންގެ މެދުގައި މަގުބޫލު ފެޝަނެއް ކަމަށްވާ ސްކިނީ ޖީންސްގެ ސަބަބުން ހަށިގަނޑުގެ ނާރުތަކަށާއި މަސްތަކަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ސްކިނީ ޖީންސްގެ ސަބަބުން އޮސްޓްރޭލިއާގެ އަންހެނަކަށް ވަނީ ސިއްހީ ވަރަށްބޮޑު ސިއްހީ މައްސަލައަކާ ކުރިމަތިލާން ޖެހިފަ އެވެ. އެޑެލައިޑުގައި ދިރިއުޅޭ އުމުރުން 35 އަހަރުގެ އެ އަންހެން މީހާއަށް ވަނީ ސްކިނީ ޖީންސް ލުމުގެ ސަބަބުން ފައިގެ ނާރުތަކުގައި ރަނގަޅަށް ލޭދައުރު ނުވެ މަސްތައް ދުޅަވުމުގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
ޑޮކްޓަރުން ބުނާގޮތުގައި އެ އަންހެން މީހާއަށް ހުރީ ކޮމްޕާޓްމެންޓް ސިންޑްރޯމް ޖެހިފަ އެވެ. ކޮމްޕާޓްމެންޓް ސިންޑްރޯމަކީ ހަށިގަނޑުގެ މަސްތައް ދުޅަ ވުމެވެ.
އެޑެލައިޑްގެ ރޯޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ސްކިނީ ޖީންސްގެ ސަބަބުން އެ ބަލި ވަނީ އިތުރަށް ގޯސްވެފަ އެވެ.
އެކަމާ ގުޅިގެން އެ އަންހެން މީހާ ފަރުވާހޯދުމަށް ހޮސްޕިޓަލުގައި ހަތަރު ދުވަސް ވަންދެން ނުހިނގިފައި އޮތް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ބާރު ޖީންސް ލުމުގެ ސަބަބުން ލޭ ދައުރުވުމަށް ދަތިތައް ކުރިމަތިވެ ނާރުތަކުގައި ޕްރެޝަރު އުފެދުމުގެ ސަބަބުން އެ އަންހެން މީހާގެ ނާރުތަކާއި ހަށިގަނޑުގެ މަސްތަކަށް ދައުރުވާންޖެހޭ ލޭ ދައުރު ނުވުމުގެ ސަބަބުން، އޭނާއަށް ވަނީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.