ރާއްޖޭގައި މިދުވަސްވަރު ބޭރަށް ހިންގުމާއި، ހޮޑުލުން އިތުރުވަމުންދާ ކަމަށް ހެލ؛ްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

އެ އިދާރާއިން ވަނީ މިކަމާ ގުޅިގެން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ބޭރަށް ހިންގުމުގެ ބަލި އިތުރުވެފައިވާތީ، އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެ އެވެ.

މިދުވަސްވަރު ހޮޑުލެވި އަދި ބޭރަށް ހިންގާތީ ގިނަ އަދަދެއްގެ ބަޔަކު އައިޖީއެމްއެޗް އަދި އޭޑީކޭއަށް ވެސް ދައްކަމުންދާކަން ފާހަގަކުރެވެ އެވެ.