އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ހިމެނޭ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް ކޮމިޓީއެއް އެކުލަވައިލައިފި އެވެ.

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހިމެނޭ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް އެކުލަވާލި ކޮމިޓީގެ ބޭފުޅުންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ބައްދަލު ކުރައްވާފައިވާއިރު، އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ ތެރެއިން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ އެކި މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން މި ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ވެސް މިނިސްޓަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮތްތަކުގައި ހިމަނާ އާޔަތްތަކުގައި ކުށްވޭތޯ ހޯދައި ބެލުމަށް ހިމެނި މި ކޮމިޓީގައި ރާއްޖޭގެ އިލްމީ ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، މި ކޮމިޓީގައި ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި ޗާޕްކުރާ ފޮތްތަކުގައި ހިމަނާ އާޔަތްތަކުގައި ކުށް ހުރިތޯ ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވާއިރު، މީގެ ކުރިން ސްކޫލް ދަރިވަރުން ބޭނުންކުރާ އިސްލާމް ބައެއް ފޮތްތަކުގައިހުރި ގުރުއާން އާޔަތްތަކުގައި ކުށް ހުރި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ.