ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ހެދުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް އިންޑިއާ ސަރުކާރުން ހާމަކޮށްފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިއަދު ވިދާޅުވީ އެފްޓީއޭގެ އިތުރުން އިންވެސްޓްމެންޓް ޓްރީޓީއެއް ދެ ގައުމުގެ ދެމެދުގައި ގާއިމްކުރުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގައުމުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުގެ ކުރިން އެކަންކަން ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި މަހު 25 އިން 26 އަށެވެ.
އިޔާދަކުރަނިވި ހަކަތަ އާއި މަސްވެރިކަމުގެ ދާއިރާ އިން އާއި އުމްރާނީ ދާއިރާއާ ގުޅޭ މަޝްވަރާތައް ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ، ދެ ގައުމުގެ ވިޔަފާރީގެ އިންވެސްޓްމެންޓްގެ އަގު 500 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އާ ދާއިރާތަކުން އިތުރު ވިޔަފާރީގެ މުއާމަލާތްތައް ފެށުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފުނަދޫގައި 4 ގެޔަކަށާއި 5 ގަރާޖަށް އަލިފާނުގެ އަސަރުކޮށްފި
ރޭގަނޑު ލަހުން ކާނަމަ ބަރުދަން އިތުރު ވޭތަ؟ ޑޮކްޓަރެއްގެ ޖަވާބު!
އަލިފާނުގެ ހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާދެނީ
