ބޮލީވުޑްގެ ފަންނާނެއް ކަމަށްވާ އަނަންޔާ ޕާންޑޭއަށް މަސައްކަތް ކުރުމަށް އެންމެ ކަމުދަނީ އޭނާގެ ލޯބިވެރިޔާ އިޝާން ކައްތަރް އާއެކީ ކަމަށް އޭނާ ބުނެފި އެވެ.

އަނަންޔާ މިހާރު ދަނީ، އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ގެހެރާއިއާ" އިން ލިބުނު ކާމިޔާބީ ފާހަގަކުރަމުންނެވެ.

އަނަންޔާ ލޯބީގެ ގޮތުން ގުޅިފައިވަނީ އިޝާންއާ ކަމަށް ހަބަރު ފެތުރިފައިވާއިރު، އޭނާ ވަނީ އެކަމާއި ގުޅިގެން ކޮމެންޓެއް ކޮށްފަ އެވެ. އެގޮތުން އޭނާއަށް ފިލްމު ކުޅެން އެންމެ ކަމުދަނީ އިޝާންއާ އެކުގައި ކަމަށް އަނަންޔާ ވަނީ ބުނެފަ އެވެ. ނަމަވެސް ހުރިހާ ފަންނާނުންނާއި އެކީގައިވެސް މަސައްކަތް ކުރަން ކަމުދާކަމަށާއި، އެންމެ އަވަހަަށް ދެން އަނަންޔާ ފެނިގެންދާނީ ސިދާންތް ޗަތުރްވޭދީ އާއެކު "ކޯގައޭ ހަމް ކަހާން" އިން ކަމަށް އޭނާ ބުންޏެވެ.

އަނަންޔާ ލޯބީގެ ގޮތުން ގުޅިިފައިވާ އިޝާންއަކީ މީގެ ކުރިން "ދަޅަކް" އިން ބެލުންތެރިންނަށް ފެނިގެންދިޔަ އައު ފަންނާނެކެވެ. އަދި އޭނާ އަކީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ޝާހިދު ކަޕޫރުގެ ކޮއްކޮ ވެސްމެ އެވެ.

އަނަންޔާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ލައިގަރް" ކިޔާ ފިލްމަކުންނެވެ. އަދި އެއަށްފަހު ދީޕިކާ ޕަޑުކޯން އާއި ސިދާރްތް ޗަތްރަވޭދީ އާއި އެކު "ގެހްރާއިއާން"އިން ވެސް ފެނިގެންދާނެ އެވެ.