"މިއަދުން ފެށިގެން ކުރިއަށް އޮތް ދުވަސްތަކުގައި (މި ހިނަގުރާމައިން) މަރުވާ ހުރިހާ އެންމެން މަރުވެގެންދާނީ ކަލޭމެންގެ ސަބަބުން. ކަލޭމެންގެ ބަލިކަށިކަމުގެ ސަބަބުން. އެއްބައިވަންތަކަން ނެތުމުގެ ސަބަބުން،" މިއީ ޔުކްރޭންގެ ރައީސް ވްލަޑިމީރް ޒެލެންސްކީޒީލެންސްކީ އޭނާގެ ގައުމާ މުޚާތަބު ކުރައްވައި އިއްޔެ ދެއްވި އަސަރުގަދަ ތަގުރީރުގެ ތެރެއިން ނޭޓޯއަށް ނިސްބަތް ކުރައްވައި ވިދާޅުވި ބަސްފުޅެވެ.
ޒެލެންސްކީގެ ތަގުރީރަކީ ނޭޓޯއިން ޔުކްރޭނުގެ މައްސަލާގައި ބޭއްވި އެޖަމާއަތުގެ ބައްދަލުވުމުގެ ނިންމުންތަކާ ގުޅިގެން ހިތްޕުޅުހަމަޖެހި ވަޑައިނުގެން ދެއްވި ތަގުރީރެކެވެ.
ޔުކްރޭނުގައި މިހާރު ކުރެވެމުންދާ ހަނގުރާމައަށް ބަލާއިރު ރަޝިޔާއާއި އެ ގައުމާ ދެމެދު މައްސަލަ ޖެހި އެ މައްސަލަތަކަށް ހައްލު ނުފެނި ދިޔައީ ޔުކްރޭންގެ ރައީސް އެ ގައުމު ހުޅަނގު ޔޫރަޕުގެ ގައުމުތަކާ ގުޅި ނޭޓޯގެ މެމްބަރަކަށްވުމަށް ކުރި މަސައްކަތް ހުއްޓާލުމަށް ރަޝިޔާއިން ކުރަމުން ދިޔަ އިލްތިމާސް ހުއްޓާނުލުމުންނެވެ. 2014 ވަނަ އަހަރުން ފެށިގެން ހުޅުފަޅައި ރޯވަމުން ދިޔަ އަލިފާންގަނޑު ޒީލެންސްކީގެ ވެރިކަމުގައި ދިޔައީ އިތުރަށް އަނދަމުންނެވެ. ހުޅަނގާއި ނޭޓޯއިން ދިޔައީ އެ އަލިފާން ގަނޑަށްދަރު އަޅަމުންނެވެ.
ރަޝިޔާ އާއި ޔުކްރޭންގެ މައްސަލަ ވާހަކަ ދައްކައިގެން ހައްލުނުވާ ހިސާބަށް ދިއުމުން ވެސް ނޭޓޯއިން ޔަގީންކަން ދެމުން ގެންދިޔައީ ހަނގުރާމައިގައި ޔުކްރެއިން ބާކީކޮށްނުލާނެ ކަމުގަ އެވެ. އެހެން ނަމަވެސް ހަނގުރާމައަށް ދެ ހަފުތާ ފުރެމުންދާއިރު ފެންނަން އޮތް ހަގީގަތަކީ ރަޝިޔާއާ ހަނގުރާމަކުރަން ޖެހުނީ ޔުކްރޭން އެކަނި ކަމެވެ.
ހަނގުރާމައިގެ ތެރެއަށް ނުވަންނަން އެމެރިކާ އާއި ނޭޓޯއިން ދެއްކި ބަހަނާއަކީ އެފަދަ ހާލަތެއް އަތުވެއްޖެނަމަ މުޅި ޔޫރަޕާ އެމެރިކާގައި ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސް ކޮންޓްރޯލްނުކުރެވޭ ހިސާބަށް ހިނގައިދާނެ ކަމުގެ ބިރެވެ.
ނޭޓޯއިން ސީދާ ހަނގުރާމައިގެ ތެރެއަށް ނުވަނަސް ޔުކްރޭންގެ ވައިގެ ތެރޭގައި އުދުހުން މަނާ ސަރަހައްދެއް ގާއިމު ކޮށްދިނުމަށް އެ ގައުމުން އަންނަނީ ނޭޓޯއަށް ޕްރެޝަރުކުރަމުންނެވެ.
ނޭޓޯގެ އެކި މެންބަރުން، އިނގިރޭސިންނާއި އެމެރިކާ ވެސް ހިމެނޭ ގޮތުން އެކަން ނުކުރެވޭނެކަމަށް ބުނަމުން އައި ކަމަށް ވިޔަސް ޔުކްރޭންގެ އެދުމަށް ހުއްޓުމެއް ނައުމުން ނޭޓޯއިން ވަނީ އެ ޖަމާއަތުގެ ބައްދަލުވުމެއް ބާއްވައި، މި މައްސަލައިގައި ރަސްމީ ގޮތުން ގޮތެއް ނިންމައިފަ އެވެ. ޒީލެންސްކީގެ ތަގުރީރު މިއައީ އެ ނިންމުމާ ވިދިގެންނެވެ.
"އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރަން ދެކޮޅު ހަދައި ޔުކްރޭންގެ ސިޓީތަކަށާއި އަވަށްތަކަށް ރަޝިޔާއިން ބޮން އެޅުމަށް ނޭޓޯއިން ފެހި ސިގްނަލް ދީފި،" ގައުމާ މުޚާތަބު ކުރައްވައި ދެއްވި ތަގުރީރުގައި ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ނޭޓޯއިން ބޭއްވި ސަމިޓަކީ ވަރަށް ބަލިކަށި އޮޅުން ބޮޅުން ބޮޑު ސަމިޓެކެވެ. އެ ސަމިޓުން ހާމަވެގެން ދިޔައީ ޔޫރަޕްގެ މިނިވަންކަމަށްޓަކައި ގުރުބާންވުމަކީ ނޭޓޯއިން އެހާ ސަމާލުކަން ދޭކަމެއް ނޫން ކަމެވެ. މިހާތަނަށް ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަނުން ޔުކްރޭނަށް ވެދިން އެހީއަކީ ކޮންމެ ވެސް މިންވަރެއްގެ ޕެޓްރޯލާއި ގޭސް ކަމަށް ވިދާޅުވަމުން ޒީލެންސްކީ ވަނީ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަނުން ޔުކްރޭން އެކަނި ދޫކޮށްލިކަމުގެ ޝަކުވާ ކުރައްވާފަ އެވެ.
ނޭޓޯއިން ބްރަސެލްސްގައި އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު އެ ޖަމާއަތުން ނެރުނު ބަޔާނުގައި ވަނީ ޔުކްރޭންގެ މަތިން އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަކީ ނޭޓޯއިން ކުރާނެކަމެއް ނޫން ކަމަށެވެ.
އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި އުދުހުން މަނާ ސަރަހައްދެއް ގާއިމުކުރުމުގެ މާނައަކީ ނޭޓޯގެ ހަނގުރާމަ މަތީ ބޯޓުތައް ޔުކުރޭންގެ ވައިގެ ސަރަހައްދަށް ވަދެ އެ ސަރަހައްދުގައި އުދުހޭ ރަޝިޔާގެ ބޯޓުތަކަށް ހުރަސް އެޅުމެވެ. އެ ބޯޓުތައް ހުއްޓުވުމަށްޓަކައި ޝޫޓްކުރުމެވެ. އެއީ ރަޝިޔާ އާ ދެކޮޅަށް ނޭޓޯއިން ސީދާ ހަނގުރާމަ ފެށުމެވެ. އެކަން އެގޮތަށް ވާން ނޭޓޯ އިން ނޭދެ އެވެ.
"ޔޫރަޕްގެ އެއްބައިވަންތަކަމަށްޓަކައި ޔުކްރޭނުގެ ރައްޔިތުން ހަށިން އޮހޮރޭ ލޭގެ ލިޓަރުތަކުގެ އަގު ޕެޓްރޯލާއި ގޭސް ލިޓަރުން ނޭޓޯއަކަށް އަދައެއް ނުކުރެވޭނެ،" ޔުކްރޭންގެ ރައީސް އޭނާގެ އަސަރުގަދަ ތަގުރީރު ނިންމަވާލައްވަމުން ނޭޓޯ އާ މުޚާތަބުކުރައްވައި ވިދާޅުވި އެވެ.
ކޮން ނޭޓޯއެއްތޭ ޒިލެންސްކީ ނޭޓޯ ތަމެން އޮޅާލަބަލަ ރަޝިއާ އާއި ގުޅިގެން އުޅެން ޖެހޭނީ ޔުކްރެއިން އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ އެނޫން ނަމަ އަލްޓިމޭޓް ލައިން ދަމާލާނެއޭ ރަޝިއާ އިން އެކަން ދަންނަން ޖެހޭނެއޭ ޒިލެންސްކީ ޔުކްރެއިންގެ ރައީސް ކަމުން ޒިލެންސްކީ މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ ޒިލެންސްކީ އިސްތިއުފާ
ތިމާގެ އަވަށްޓެރިޔާ އާއި ޙަސަދަވެރިވެ އެ އަވަށްޓެރިޔާގެ ދުޝްމަނުން ތިމާ ގެ ފަސްގަނޑަށް ގެނެސް އަވަށްޓެރިޔާގެ މިނިވަންކަމަށް އަރައިގަންނަން ފެހި ސިގްނަލް ދިނީމަ ވާނީ ތިޔަހެން. ދެން ޔުކްރެއިން ނުހިފާ ރަޝިޔާއިން ހުއްޓާނެ ކަމަކަށް ނުބެލެވޭ.