ބ. ކިހާދޫ އާއި ކ. ހިންމަފުށީ ސްކޫލްގައި ކްލާސް ރޫމް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

ކިހާދޫގައި ދެ ކްލާސްރޫމާއި ހިންމަފުށީ ސްކޫލްގައި ހަތަރު ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު، ކިހާދޫ ސްކޫލްގައި ދެ ކްލާސް ރޫމް އެޅުމަށް ހަވާލުކޮށްފައި ވަނީ އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

އެ މިނިސްޓްރީން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 99 ދުވަސްތަރޭގައި ނިންމާ ގޮތަށެވެ. އެއީ 2،074،555.06 ރުފިޔާގެ މަޝްރޫއުއެކެވެ.

އޭގެ އިތުރުން މިނިސްޓްރީން ކ. ހިންމަފުށީ ސްކޫލްގައި ހަތަރު ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އެ މަޝްރޫރު އަކީ 16،709،293.57 ރުފިޔާގެ މަޝްރޫއުއެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ ކުންފުނިތަކާ ހަވާލުކުރި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.