ހުޅުމާލޭގެ މޫދުގައި ހަބަރު ހުސްވެފައި އޮއްވައި ރޭ ފެނުނު މީހާއަށް ފުލުހުން ސީޕީއާރް ނުދިން މައްސަލަ ހޫނުވެއްޖެ އެވެ.
ފުލުހުން ވަނީ، ހުޅުމާލޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށް، އޭނާއަށް ހޮސްޕިޓަލުގައި ފަރުވާކުރުމަށް އާއިލާއާ ހަވާލުކުރި ކަމަށެވެ. ނަމަވެސް އޭނާ ހަބަރު ހުސްވެފައި އޮތީ ކީއްވެގެން ކަމެއް މިހާތަނަށް ނުބުނެ އެވެ.
ހުޅުމާލޭ ޓްރެކް ސަރަހައްދުގެ މޫދުގައި ހަބަރުހުސްވެފައި އޮއްވައި ފެނުނީ ދިވެހި ފިރިހެނެކެވެ.
ފުލުހުން އޭނާ ނަގައިގެން ގެންދާ މަންޒަރު ދައްކައިދޭ ވީޑިއޯއެއް އާންމުވެފައިވާއިރު، ގިނަ ބަޔަކު ވަނީ އެމީހާއަށް ފުލުހުން ސީޕީއާރް ނުދިންކަން ފާހަގަކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ހަބަރު ހުސްވެފައިވާ މީހާގެ މޫނުގައި ތަޅައި އެ މީހާއަށް ގޮވާ މަންޒަރު ފެނެ އެވެ.
ސީޕީއާރް ނުދިންކަން ގިނަ ބަޔަކު ފާހަގަކުރިއިރު، ސީޕީއާރު ހަދަނީ ނޭވާ ނުލައި ހިތުގެ ވިންދު ނުލިބޭކަން ކަށަވަރުވާ ހާލަތްތަކުގަ އެވެ. އެގޮތުން ވީޑިއޯގައި ފުލުހުން ހަބަރު ހުސްވެފައިވާ މީހާގެ ވިންދު ހުރިތޯ ބަލާ މަންޒަރު ފެނެ އެވެ.
އެންމެ ބޮޑު ހަފްލާއާއެކު ރިއޯ ދުނިޔޭގެ ރެކޯޑު ފޮތަށް!
ދުވާފަރަށް މަސްތުވާތަކެތި ގެންދަން އުޅުނު ތިން މީހަކު ހައްޔަރު
2026އަށް މަރުހަބާ ކިޔުން: ދުނިޔޭގެ އެކި ކަންކޮޅުތަކުން!

ދޭން ނެއެގެންޔާ ނުދެވޭނެ ނޫން