އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއަށް ވިހައިފި އެވެ.

މިއީ ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެޕީ ރޮކީގެ އަލަތު ދަރިފުޅެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިއާނާ ވިހެއީ މި މަހުގެ 13 ވަނަ ދުވަހު، އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. ރިހާނާއަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.

ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިހާނާ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުކަން ހާމަކުރީ ނިއުޔޯކުގައި ނެގި ފޮޓޯއެއް އާންމުންނާ ހިއްސާކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގަ އެވެ.

އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.

ދާދި ފަހުން ރިހާނާ ބިލިއަނަރަކަށްވިކަން ވެސް ފޯބްސްއިން ހާމަކޮށްފައިވެ އެވެ. އެގޮތުން ފޯބްސް އިން ބުނީ ރިހާނާއަކީ ބިލިއަނަރެއްގެ އިތުރުން ލަވަކިޔުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ލަވަކިޔުންތެރިޔާ ކަމަށެވެ.

ރިއާނާ އަށް އަލަތު ދަރިފުޅު ލިބުނު އިރު، އޭނަގެ "ފެންޓީ" ބްރޭންޑަކީ މިހާރު ވަރަށް މަގުބޫލު ވިޔަފާރީއެކެވެ. މިލްކިއްޔާތު މިހާރު 1.7 ބިލިއަން ޑޮލަރަށް އަރާ ރިއާނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "އެންޓި" އެވެ.