މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރާނެތޯ ބެލުމަށް ހޯމް މިނިސްޓަރު އިމްރާން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
މިނިސްޓަރު އިމްރާން އާއި މިމައްސަލާގައި ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ.
ޕީޕީއެމް މެންބަރު ތޯރިގް އެދިވަޑައިގެންފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުކުމް ތަންފީޒު ކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން ހުރިހާ އިޖުރާއަތްތައް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމުގައި މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފުކޮށް ދެއްވުމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯ ސާފުކޮށްދޭން ވެސް ތޯރިގު ހުށަހަޅުއްވާފައިވެ އެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާ އަށް މި މައްސަލަ މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ.
ގަސްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގުކުރުމާއި އެ ކުށުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ އޭޕްރިލް 27، 2014 ގަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބެލުމަށްފަހު މަރުގެ ހުކުމް އިއްވައިފި ނަމައެވެ. އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިން، ކުށް ސާބިތުވެފައިވާ މީހާއާއި މަރާލެވިފައިވާ މީހާގެ ވާރިސުންނާ ދެމެދު މީޑިއޭޓްކުރަންވާނެ ކަމަށާއި މީޑިއޭޓް ކުރުމުގެ ދައުރު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށް ވެސް ބުނެފައިވެ އެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާތާ 60 އަހަރު ވެފައިވާއިރު އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1954 ގަ އެވެ.
ދެން ތިވާހަކަ ވާވަރަށް ދެއްކިޖެ ނޫން