ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމުގައި އޭނާގެ ކޮއްކޮ އިޝާން ކައްތަރްގެ ކުރީގެ ލޯބިވެރިޔާއާ އެކު ލޯބީގެ ރޯލަކުން ފެނިދާނެކަމުގެ އިޝާރާތެއް މކޮށްފި އެވެ.
ޝާހިދުގެ ކޮއްކޮ އިޝާންގެ ކުރީގެ ލޯބިވެރިޔާއަކީ މިހާރު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ އަނަންޔާ ޕާންޑޭ އެވެ. އަދި އެންމެ ފަހުން ބޭއްވި އައިފާ އެވޯޑު ހަފްލާގައި އަނަންޔާ އަދި ޝާހިދު އެކީގައި ސްޓޭޖް ނެށުމެއް ހުށަހަޅައިދީފައިވާއިރު، ގިނަ ބަޔަކު ވަނީ އެދެމީހުން އެކީގައި ލޯބީގެ ރޯލަކުން ފެނުމަށް އެދޭ ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން އިންޑިއާގެ ނޫސްވެރިއަކު ޝާހިދަށް ސުވާލު ކުރުމުން ޝާހިދު ވަނީ، އެކަން ވުން ދުރު ނޫން ކަމަށް ބުނެފަ އެވެ.
އަނަންޔާ ލޯބީގެ ގޮތުން ގުޅުނު އިޝާންއަކީ މީގެ ކުރިން "ދަޅަކް" އިން ބެލުންތެރިންނަށް ފެނިގެންދިޔަ އައު ފަންނާނެކެވެ. އެދެފަންނާނުން ލޯބީގެ ގޮތުން ގުޅުނުކަން އާންމުންނަށް ހާމަނުކުރި ނަމަވެސް ގިނަ ބަޔަކަށް ވަނީ އެކަން ހާމަވެފަ އެވެ. އެ ދެފަންނާނުން ވަކިވީ ކޮން ސަބަބަކާ ގުޅިގެން ކަމެއްވެސް ހާމަވެފައެއް ނުވެ އެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވީ 500 މިލިއަންގެ ސުކޫކު ދެއްކުމުން: ޒަރީރު
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި
