އައްޑޫ ސިޓީގެ ހިތަދޫ އަންހުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ނަޒީހާ އަހްމަދު ކާމިޔާބު ކޮށްފި އެވެ.
ނަޒީހާގެ އިތުރުން ދެން އެ ގޮނޑިއަށް ވާދަކުރީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ޝާހިދާއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު ނަޒީހާ ކާމިޔާބު ކުރީ 141 ވޯޓުގެ ތަފާތަކުންނެވެ. އެގޮތުން ނަޒީހާއަށް ޖުމުލަ 567 ވޯޓު ލިބިފައިވެ އެވެ. އަދި ޝާހިދާއަށް ލިބުނީ 426 ވޯޓެެވެ. ބާތިލުވީ 14 ވޯޓެވެ.
އެ ބައި އިލެކްޝަންގައި ޖުމްލަ 12،142 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އެކަމަކު ވޯޓު ލާފައިވަނީ 1،007 މީހުންނެވެ.
ހިތަދޫ އަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތަނެކެވެ. ނަމަވެސް އެރަށުގެ ގޮނޑިއެއް ޕީޕީއެމުން ކާމިޔާބު ކުރުމުން އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ އެއީ ޕާޓީގެ ލީޑާޝިޕްގެ ފެއިލްވުމެއް ކަމަށް ބުނަމުންނެވެ.
ޔުކްރޭނާއެކު މަޝްވަރާ ފެށުމަށް ޕުޓިން އެއްބަސްވެވަޑައިގެންފި
ފާމަސީއެއް ހުސްކުރަން އަމުރު ނުދިން މައްސަލަ ބޭރުކޮށްލައިފި
އެފްޑީސީ ފްލެޓްތަކުން 6،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި
