ރައީސް އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހިމް ހޫދު "ހުރިހާ"އަށް ވިދާޅުވީ ޕޮޒިޓިވްވި މުވައްޒަފަކީ ޖޫނިއާ މުވައްޒަފެއް ކަމަށެވެ. އަދި އެއީ ރައީސްގެ ސެކްރެޓޭރިއަޓްގައި މަސައްކަތްކުރާ މުވައްޒަފެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް މި އޮފީހުގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވި. އެ ގޮތުން މިފަހަރު ޕޮޒިޓިވްވި ސްޓާފްގެ ކޮންޓެކްޓް ޓްރޭސިން ހަދައި ސާމްޕަލް ނަގާނެ،" ހޫދު ވިދާޅުވި އެވެ.
މި ބަލީގައި އިއްޔެ ވެސް 17 މީހުން ޕޮޒިޓިވްވެފައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް 13،011 މީހަކަށް ކޮވިޑް ޖެހި، 11،039 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.
މި ބަލީގައި އަދިވެސް 1،019 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި
"ދަ އޮޑިސީ"އަށްފަހު ނޯލަންގެ މިސްރާބު ބިރުވެރި ފިލްމަކަށް!
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!