ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފި އެވެ.

އެމަނިކުފާނު އައްޑޫއަށް ވަޑައިގަތީ އެމްއެންޔޫ ހިތަދޫ ކެމްޕަސްގައި މިރޭ ބާއްވާ "ފޮސޭކަން ފިއުޗަ- ޖަސްޓިސް އަންޑަވޯޓަ" ސެމިނާގައި ބައިވެރިވުމަށެވެ.

ނަޝީދު އައްޑުއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ. ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުން ވެސް އެއާޕޯޓް ސަރަހައްދުގައި ތިއްބެވެ.

ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ "ފޯސޭކެން ފިއުޗާސް" ގެ ނަމުގައި ބާއްވާ ސެމިނާގެ ދެވަނަ ސެޝަން "އަންޑަވޯޓާ ޖަސްޓިސް" ގައި ކަމަށާއި އެ ސެޝަން އޮންނާނީ މިރޭ ހިތަދޫ ކެމްޕަހުގައި 7:15 އިން 8:15 ގަ އެވެ.

ފޯސޭކޭން ފިއުޗާސް ގެ ނަމުގައި ބާއްވާ މި ސެމިނާގައި މައިގަނޑު ގޮތަކަށް ވާހަކަ ދައްކާނީ "ކްލައިމެޓް ރިސްކް އެންޑް ޖަސްޓިސް" އާ ގުޅޭގޮތުންނެވެ.