ގާފަރު މަސް ދޯންޏެއް ދިހަ ޓަނުގެ މަހާއެކު ފަރަކަށް އަރައި ދޯނި ބިންދައިގެން ގޮސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ ފަރަށް އަރާފައި ވަނީ ގާފަރު "ހުދަންބަރު" ދޯނި ކަމަށާއި، އެ ދޯނި އަރާފައި ވަނީ ފ.އަތޮޅު ހިމިތި ކަނޑުގެ ދެކުނު ފަރާތުގެ ކަންމަތީ ފަރަކަށް ކަމަށެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް މިއަދު ހެނދުނު 6:30 ހާއިރު ލިބުމާއިއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިބި ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގާ ހުދަންބަރު ދޯނި ފަރަށް އަރާފައި ވަނީ 10 ޓަނު މަހާއެކު އެވެ.