ސ. ހިތަދޫ ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ މިއަދު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫ، ދުންނިކަގެ، އިބްރާހިމް ހުސައިން 62، އެވެ. އޭނާ ނިޔާވީ، އެކްސިޑެންޓުގައި އޭނާގެ ބޮލާއި މޫނަށް ވަރަށް ބޮޑެތި އަނިޔާވެ، އައިސީޔޫގައި ފަރުވާދިނުމަށް ފަހު އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ 12:30 ހާއިރު ކަމަށްވެ އެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި އެ ހާދިސާގައި އިތުރު ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެ އެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
އެކްސިޑެންޓު ހިނގި އިރު، ސައިކަލު ދުއްވި ދެ މީހުންނަކީ ވެސް ދުއްވުމުގެ ލައިސަންސް އޮންނަ ދެ މީހުން ކަން ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓު ހިނގި ގޮތް ބަލައި އިތުރަށް ތަހުގީގު ކުރަމުން ގެންދާނެ ކަމަށެވެ.

ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ
ޒަހަމްވި ނަމަވެސް މޮޖްތަބާ ހާމަނާއީ މަސައްކަތުގައި އުޅުއްވާ
ހަނގުރާމާގައި 140 އެމެރިކާ ސިފައިން ޒަހަމްވެއްޖެ
