ރާއްޖެ އިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

މިއީ މިމަހުގެ ތެރޭގައި މަރުވި ދެވަނަ މީހާ އެވެ. އެންމެ ފަހުން މިބަލީގައި މީހަކު މަރުވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 9:34ގައި މަރުވީ 69 އަހަރުގެ ފިރިހެނެކެވެ.

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވިކަން އެޗްޕީއޭ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި މަރުވި އެ މީހާ 2:30 ހުޅުމާލޭގެ ސަހަރާގައި ވަޅުލަން އަންނަނީ ތައްޔާރުވަމުންނެވެ.

ކޮވިޑް-19 ޖެހިގެން މިއަދު މީހަކު މަރުވިއިރު، މި ބަލި ޖެހިގެން ރާއްޖެ މިހާތަނަށް 47 މީހަކު މަރުވެފައިވެ އެވެ. އެއީ 40 ދިވެހިންނާއި އަށް ބިދޭސީންނެވެ. މި ބަލީގައި ފަހަކަށް އައިސް ރާއްޖޭގައި ގިނައިން މަރުވަނީ ބޮޑެތި ބަލިތަކަށް ފަރުވާކުރަމުން އަންނަ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،308 އަށް އަރާފަ އެވެ.

މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،621 އެވެ. މި ބަލިން އިއްޔެ ވެސް 30 މީހުން ރަނގަޅުވެފައިވެ އެވެ.