ޗާގޯސްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަންކުރައްވަން އޮތް އެންމެ ބުއްދިވެރި ގޮތަކީ އެމަނިކުފާނު މޮރިޝަސްގެ ރައީސް އަށް ފޮނުވި ސިޓީ އަނބުރާ ގެނައުން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
ޓޮމް ކުރެއްވި ޓުވީޓެއްގައި ވިދާލުވީ މިމައްސަލައިގައި ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނާނެކަން އިއުލާންކޮށް ބަންޑާރަ ނައިބު ކޯޓުގައި ދެއްކި ވާހަކަ ކެންސަލް ކޮށްލަން ޖެހޭ ކަމަށެވެ. އަދި "އެކަން އެގޮތަށް ކުރެއްވިޔަސް ރައީސް ސޯލިހް ގައުމަށް ޣައްދާރުނުވާކަމަށް ނުވާނެ." ކަމަށް ވެސް ތާރިގު ވިދާޅުވި އެވެ.
ޓޮމްވަނީ ޗާގޯސް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް ހޫނު ރައްދުތަކެއް ސަރުކާރަށް ދެއްވާފަ އެވެ. އެގޮތުން އޭނާ ވަނީ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހާމަކުރުމަށްވެސް ގޮވާލާފަ އެވެ. ނަމަވެސް ސަރުކާރުން ބުނީ އެ ސިޓީ ހާމަކުރެވެން ނެތް ކަމަށެވެ.
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
ޔޫއެފްއޯ އާ ގުޅޭ ސިއްރު ލިޔެކިޔުންތައް ޕެންޓަގަނުން އާންމުކޮށްފި
ބްލޭކް އާއި ޖަސްޓިންގެ ކޯޅުން އަދިވެސް ކުރިއަށް!
ސިޓީއެއް ފޮނުވިނަމަތާ ގެންނީ. ހަދަނީ ހުސް ދޮގު