ސްކޫލު ބަންދާ ދިމާކޮށް ހދ. ކުޅުދުއްފުއްޓަށް މަންޓާ އެއާއިން ޗާޓަރު ދަތުރުތަކެއް ކުރުމަށް ނިންމައިފި އެވެ.
ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއާލައިން، މަންޓާ އެއާއިން މިދަތުރުތައް ކުޅުދުއްފުއްޓަށް ކުރުމަށް ނިންމާފައިވަނީ މިމަހުގެ ފަހުކޮޅުން ފެށިގެން އަންނަ މަހުގެ ކުރީކޮޅާ ހަމައަށެވެ. އެގޮތުން ސްކޫލް ބަންދާ ދިމާކޮށް މަންޓާ އެއާއި ކުޅުދުއްފުއްޓަށް ހަތަރު ޗާޓަރު ފްލައިޓް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެއީ މިމަހުގެ 22 އަދި 25 ގައި ދަތުރަކާއި އަންނަ މަހުގެ ހަތަރު ވަނަ ދުވަހާއި ހަތް ވަނަ ދުވަހު ދަތުރެކެވެ.
މަންޓާ އެއާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު މި ދަތުރުތަކަށް ވެސް ޓިކެޓް ގަނެވޭނެ އެވެ.
މަންޓާ އެއާ އިން މިފަދަ ހާއްސަ ދުވަސްތަކާ ދިމާކޮށް ދޭތެރެ ދޭތެރެއިން ޗާޓަރު ދަތުރުތައް ކުރެ އެވެ. އެގޮތުން، މިދިޔަ އޮކްޓޯބަރު މަހު ވަނީ ހއ. ހޯރަފުއްޓަށް ވެސް ހާއްސަ ދަތުރުތަކެއް ބާއްވާފަ އެވެ.
ހެނދުނު ހޭލާ ގޮތަށް ބަލާލަނީ ފޯނު ދޯ؟ ނުރައްކާތައް އެނގޭތަ؟
އޮކްޓޯބަރު 7 ގެ ހަމަލާގެ ހަބަރު ޔޫއޭއީން ނަތަންޔާހޫއަށް ދިން
ޔޫކޭގެ އެއާ ޓްރެފިކް ކޮންޓްރޯލު ފެއިލްވެ ފްލައިޓްތައް ޑިލޭވެއްޖެ