ބަރަހަނާ މަންޒަރު ހިމެނޭ ވީޑިއޯއެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބ. ތުޅާދޫ މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ތުޅާދޫއިން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ތުޅާދޫ ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ބަންދަށް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިއަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން މަސައްކަތްކުރި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
ދެމަފިރިއަކަށް ބިރުދައްކައިގެން ފައިސާ ހޯދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަކީ ކުރިން ވެސް އެފަދަ ބައެއް ކަންކަންކުރި މީހެއްކަމަށް ރަށުގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.