އިންޑިއާގެ ޓެލަގޫ ބަހުރުވައިގެ ފިލްމް އިންޑަސްޓްރީ (ޓޮލީވުޑް) އާއި ގުޅުންހުރި ޑްރަގް މައްސަލައާއި މަނީ ލޯންޑަރިންގެ މައްސަލައިގެ ތުހުމަތަށް ތެލޫގޫ އަދި ބޮލީވުޑްގައި ވިދަމުން އަންނަ ޒުވާން ތަރި، ރަކުލް ޕްރީތު ސިންގް ތަހުގީގަށް އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ)އަށް ހާޒިރުކޮށްފި އެވެ.

އެންފޯސްމެންޓް ޑައިރެކްޓްރޭޓް (އީޑީ) އިން ޓޮލީވުޑްގެ ޑްރަގް މައްސަލައާއި ގުޅުހުން ހުރި މަނީ ލޯންޑަރިންގެ މައްސަލައެއް ބަލާތާ މިހާރު ހަތަރު އަހަރުވެއްޖެ އެވެ. މި މައްސަލާގައި ހޮލީވުޑްގައި މަސައްކަތް ކުރާ ގިނަ ފަންނާނުން ވަނީ އީޑީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ބަތަލާ ރަކުލް މީގެ ކުރިން ވެސް މި މައްސަލާގައި ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. ރަކުލް ފުރަތަމަ ހާޒިރުކުރީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަކުލް އަނެއްކާ ވެސް އީޑީއަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އީޑީއިން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުފުލުގައި ފިލްމީ މަސައްކަތްތަކެއްގައި އުޅުމަށް ފަހު ޗުއްޓީ ހޭދަކޮށްލުމަށް ރަކުލް މިދިޔަ އޮކްޓޯބަރު މަހު ވަނީ ރާއްޖެ އައިސްފަ އެވެ

ރަކުލްގެ ކުރިއަށް އޮތް ފިލްމީ މަސައްކަތަކީ "ޗަތުރިވާލީ" އެވެ. އެ ފިލްމު އިއުލާންކުރި ނަމަވެސް ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.