ރޭ ތިލަފުށީގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ 10 ގަޑިއިރު ފަހުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ތިލަފުށި ގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ 21:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން އެ ވަގުތު ހަރަކާތްތެރިވި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދާ ވަަރަށް ކޮންޓްރޯލް ކުރެވުނީ މިއަދު ހެނދުނު 8:00 ހާއިރު އެވެ.
ނަމަވެސް އަލިފާނުގެ އަސަރު ކުނިތަކުގައި ހުރުމުން ފަޔާ ފައިޓަރުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ކުނިގޮނޑެއްގައި ކަމުން އެއްކޮށް އަލިފާން ނިއްވުމަށް އިތުރު ވަގުތު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރަސްމާލެ ހިއްކަން ގިނައިން ފައިސާ ދިން މައްސަލަ އޭސީސީއަށް
ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ޝާހިދު މާދަމާ އައްޑުއަށް
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި