އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާއަށް ލިބުނު ދަރިފުޅު އެންމެ ވައްތަރީ އޭނާއާކަމަށް ރިހާނާގެ ސަޕޯޓަރުން ބުނެފި އެވެ.

މިއީ ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެސެޕް ރޮކީގެ އަލަތު ދަރިފުޅަށްވާއިރު، އެ ދެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖަކެވެ.

ރިހާނާ އާއި އޭސެޕް ރޮކީގެ ގާތް އެކުވެރިއަކު، އިނގިރޭސި ނޫހަކަށް މައުލޫމާތުދެމުން ބުނީ، އެދެމީހުންގެ ދަރިފުޅުގެ ސިފަ ދެމީހުންނާއިވެސް ވައްތަރުވާ ކަމަށެވެ. އެހެންނަމަވެސް ރިހާނާގެ ކުޑައިރުގެ ފޮޓޯތަކާއި އަޅާކިޔާއިރު އެއްގޮތަކަށް ވެސް ތަފާތެއް ނުފެންނަ ކަމަށް އޭނާ ބުނެފައިވެ އެވެ.

ހަމައެހެންމެ ދާދި ފަހުން ރިހާނާ، އޭނާގެ ދަރިފުޅުގެ ފޮޓޯ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާއިރު، ފޭނުން ވެސް ވަނީ އެކުއްޖާ ރިހާނާއާ ވަރަށް ބޮޑަށް ވައްތަރުވާ ކަމަށް ބުނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިއާނާ ވިހެއީ މިދިޔަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު، އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ. ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރިހާނާ ފުރަތަމަ ދަރިފުޅަށް ބަނޑު ބޮޑުކަން ހާމަކުރީ ނިއުޔޯކުގައި ނެގި ފޮޓޯ ޝޫޓަކުންނެވެ.

އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.