ސްޓޮކްހޯމް (22 ޖެނުއަރީ) ސްވިޑަންއާއި ތުރުކީ ވިލާތުން ނޭޓޯއާ ގުޅެން ހުށައެޅި ހުށައެޅުމަށް ދެކޮޅު ހަދައި ސްވިޑަންގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން ކީރިތި ގުރުއާނުގެ ކޮޕީއެއް އަންދާލައިފި އެވެ.

ގުރުއާން އަންދާލާފައިވަނީ ސްވިޑަންގެ ސަރުކާރާ ދެކޮޅު އެގައުމުގެ ކަނާތު ފިޔައިގެ އިސް ލީޑަރު ކަމަށްވާ ރަސްމުސް ޕަލުޑަން އެވެ.

މުޒާހަރާ ކުރިއަށް ގެންދަން ފުލުހުންގެ ކިބައިން ހުއްދައަށް އެދި އޭނާ ބުނެފައިވަނީ އެ މުޒާހަރާއަކީ އިސްލާމްދީނާ ދެކޮޅަށް ކުރާ މުޒާހަރާއެއް ކަމަށާއި ތުރުކީއިން ސްވިޑަންގައި އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލަން މަސައްކަތްކުރާ ކަމަށެވެ.

ސްވިޑަންގެ އިދިކޮޅު ފަރާތްތަކުން ހިންގި މި އަމަލު މުސްލިމް ގިނަ ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި ތުރުކީގެ އިތުރުން ސައޫދީ އަރަބިއާ، އުރުދުން އަދި ކުވެއިތު ވެސް ހިމެނެ އެވެ.

އެގޮތުން ސައޫދީ އަރަބިއާއިން ވަނީ މި އަމަލަކީ ދީނީ މިނިވަންކަމާއި ސުލްހަ މަސަލަސް ކަމަށް ސްވިޑަންގެ ފަރާތުން ފެނުނު ނުރައްކަލެއް ކަމަށެވެ.

ސްވިޑަންއިން ނޭޓޯއާ ގުޅެން އެގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުން ދެކޮޅު ހެދި ނަމަވެސް އެކަމަށް ތާއީދުކުރާ ފަރާތްތަކުން ވެސް ވަނީ އެގައުމުގެ މަގުތަކަށް ނުކުމެ ޚިޔާލު ފާޅުކޮށްފަ އެވެ.

މި ހަމަނުޖެހުންތަކާއެކު ތުރުކީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ސްވިޑަންގެ ޑިފެންސް މިނިސްޓަރުގެ ދަތުރުފުޅު ތުރުކީއިން ވަނީ ކެންސަލް ކޮށްފަ އެވެ. -- އަލް އަރަބިއްޔާ