ވޮޝިންގްޓަން (24 ޖެނުއަރީ) ސްވިޑަންގައި ބޭއްވި މުޒާހަރާ ތަކުގެ ތެރެއިން ކީރިތި ގުރުއާން އަންދާލުން އެމެރިކާއިން ކުށްވެރިކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތައް ހާސް ބަޔަކު އެފޮތަކަށް އިހްތިރާމް ކުރާ ފޮތަކަށް ބޭއަދަބީ ގޮތަކަށް ކަންތައް ކުރުމަކީ ހަޑިހުތުރު އަމަލެއް ކަމަށެވެ.
ސްވިޑަންގެ ކަނާތު ފިޔައިގެ އިސް ލީޑަރު ގުރުއާން އަންދާލާފައިވަނީ ނޭޓޯއާ ގުޅުމަށް ސްވިޑަންއާއި ތުރުކީ ގުޅިގެން ހުށައެޅި ހުށައެޅުމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އެމެރިކާއިން އިތުރަށް ބުނީ މި އަމަލަކީ ނޭޓޯއަށް ވަންނަން ސްވިޑަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރި ކަމަކަށް ވެދާނެ ކަމަށެވެ.
ސްވިޑަންގެ މި އަމަލާއެކު ތުރުކީއިން ވަނީ ސްވިޑަން ނޭޓޯއަށް ވަނުމުގައި ދެން އެގައުމުގެ ތާއީދު އެއްވެސް ވަރަކަށް ނުލިބޭނެ ކަމަށް ބުނެފަ އެވެ.-- އަލް އަރަބިއްޔާ
 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
			ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
		 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					