މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތް ދެއްކި މިންވަރު ދަށްވެއްޖެ އެވެ.

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ދެއްކީ 7 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައި ވަނީ 5.1 މިލިއަން ރުފިޔާ އެވެ.

މީރާއިން ހާމަކުރި ގޮތުގައި މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 91.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު، 2021 ގައި ވެސް 91.5 މިލިއަން ރުފިޔާ ލިބުނެވެ.

ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިސާބަށް ދަނީ ބަދަލު ގެންނަމުންނެވެ.

ނިސޯބު ހަމަވާ އަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.

މުދަލު ޒަކާތް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބަލައިގަތް ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީިރާއިންނެވެ.