މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ގެ އަލަތު ދަރިފުޅަށް އަހަރެއް ނުވަނީސް ދެ ވަނަ ކުއްޖަކަށް ބަލިވެއިންކަން ހާމަކޮށްފި އެވެ.
ބާބޭބޯސް އަށް އުފަން އުމުރުން 34 އަހަރުގެ ލަވަކިޔުންތެރިޔާ ބަލިވެއިންކަން މީޑިއާގައި ހާމަކޮށްފައިވަނީ އޭނާގެ ތަރުޖަމާނެ އެވެ. މީޑިއާގައި މިވާހަކަތައް ތިލަވެގެން ގޮސްފައިވަނީ ސުޕަ ބޯލް 57 ހާފްޓައިމް ޝޯގައި ރިހާނާ ޕާފޯމް ކުރުމަށް ލައިގެން ހުރި ހެދުމާއި ގުޅިގެންނެވެ. މިޝޯގައި ރިހާނާ ވަނީ އޭނާގެ މަޝްރޫއު ގިނަ ލަވަތަކެއް ހުށައަޅާދީފަ އެވެ.
މި ކަން ކަށަވަރު ކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް މިހާތަންނަށް ހާމަ ކޮށްފައިއެއް ނުވެ އެވެ.
ރިހާނާ އާއި އޭނާގެ ލޯބިވެރިޔާ ރެޕާ، އެޕީ ރޮކީގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެކެވެ.
އެތައް އަހަރެއް ވަންދެން ރަހުމަތްތެރިންގެ ގޮތުގައި ތިބުމަށްފަހު ރިއާނާ އާއި އެޕީ ރޮކީ ގުޅުނީ 2020 ވަނަ އަހަރު އެވެ.
ދާދި ފަހުން ރިހާނާ ބިލިއަނަރަކަށްވިކަން ވެސް ފޯބްސްއިން ހާމަކޮށްފައިވެ އެވެ. އެގޮތުން ފޯބްސް އިން ބުނީ ރިހާނާއަކީ ބިލިއަނަރެއްގެ އިތުރުން ލަވަކިޔުމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން މިހާރު އެންމެ މުއްސަނދި ލަވަކިޔުންތެރިޔާ ކަމަށެވެ.
އޭނަގެ "ފެންޓީ" ބްރޭންޑަކީ މިހާރު ވަރަށް މަގުބޫލު ވިޔަފާރީއެކެވެ. މިލްކިއްޔާތު މިހާރު 1.7 ބިލިއަން ޑޮލަރަށް އަރާ ރިއާނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2016 ގެ "އެންޓި" އެވެ.
ބީއެމްއެލް އިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ތައާރަފްކޮށްފި
ޕްރައިމަރީ ކާމިޔާބު ކުރާނީ މީހުންގެ މަހާއި ކަށި ނުކައި: އާޒިމް
މަސްވެރިންގެ މުޒާހަރާ އަދިވެސް ކުރިއަށް، ފުލުހުން ދޯނިތަކަށް