މައުލޫމާތު ބަދަލުވެގެން އައިޑީކާޑު އާކޮށްދޭ އަގު ބޮޑުކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންއިން ކުރި އިއުލާންއެއްގައި ބުނީ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައިދޭ އަގު އިއްޔެއިން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.

އެގޮތުން މީގެ ކުރިން މައުލޫމާތު ބަދަލުވެގެން 50 ރުފިޔާ އަށް އައިޑީކާޑު ހައްދައިދިން ނަމަވެސް، އަގުބޮޑު ކުރުމާ އެކު މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައިދޭނީ 150 ރުފިޔާ އަށެވެ.

އައިޑީކާޑު އާކުރަން ވެސް މި އަދަދަށް ރުފިޔާ ނަގާއިރު، އައިޑީކާޑު ގެއްލިގެން އަލުން ހައްދާނަމަ 250 ރުފިޔާގެ ފީއެއް ނަގަ އެވެ.

ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަންއިން އާންމު ކުރި އިއުލާނުގައި، އައިޑީކާޑު ހައްދާ އަގު ބޮޑު ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

އައިޑީކާޑު ހެއްދުމަށް މިހާރު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ.